ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 72,737 އަށް އަރައިފި

Loading

Facebook
Twitter
WhatsApp

7 އޮކްޓޯބަރު 2023 ގައި އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ފެށުނު ފަހުން، އިސްރާއީލުގެ ބާރުތަކުން ޣައްޒާގައި ޝަހީދުކޮށްލި ފަލަސްތީނު މީހުންގެ އަދަދު 72,737 އަށް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުގެ ހަމަލާތަކުގައި އެކަކު ޝަހީދުވެ، ހަތަރު މީހުން ވަނީ ޒަޚަމްވެފައެވެ.
އަދި ގިނަ އަދަދެއްގެ ބަޔަކު އަދިވެސް ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ބައިތަކުގެ ދަށުގައި ތާށުވެފައި ތިބިކަމަށް ވަނީ ލަފާކޮށްފައެވެ.

ފަލަސްތީނުގެ ހެލަތު މިނިސްޓްރީގެ ރިޕޯޓުގައިވާ ގޮތުން، 11 އޮކްޓޯބަރު 2025 ގައި ހަމަލާ ހުއްޓާލުމަށް އިއުލާނު ކުރި ފަހުން، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދު ވަނީ 851 އަށް އަރާފައެވެ.
އަދި އެ މުއްދަތުގައި ޒަޚަމްވި މީހުންގެ އަދަދު ވަނީ 2,437 އަށް އަރާފައެވެ. މީގެ އިތުރުން އެ މުއްދަތުގައި އިމާރާތްތަކުގެ ދަށުން މިހާތަނަށް 770 މީހެއްގެ ހަށިގަނޑު ވަނީ ނެރެފައެވެ.
ހަމައެހެންމެ އެ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 7 އޮކްޓޯބަރު 2023 އިން ފެށިގެން އިޒްރޭލުން ޣަައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދަކީ 72,737 އެވެ. އަދި ޒަޚަމްވި މީހުންގެ ޖުމްލަ އަދަދަކީ 172,539 އެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް