ކޮރަޕްޝަން ހުއްޓުވުމުގެ ސްޓްރެޓީޖިކް ޕްލޭން ރަސްމީކޮށް އިފްތިތާހުކޮށްފި

Loading

Facebook
Twitter
WhatsApp

ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އަމާޒުކޮށްގެން އެކުލަވާލި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ސްޓްރެޓީޖިކް ޕްލޭން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އޭސީސީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްލޭން އިފްތިތާހުކޮށްދެއްވީ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް އާއި ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހުޔާ އަލް ގަހުތާނީ އެވެ.

އެ ޕްލޭންގެ މައިގަނޑު އަމާޒަކީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތުން ރައްޔިތުންނަށް ފެންނަ ފަދަ އަމަލީ ބަދަލުތަކެއް ގެނައުމެވެ.

ޕްލޭން ބަހާލާފައިވާ މައިގަނޑު ދާއިރާތައް:-
ގަވާނަންސް އަދި އިދާރީ ތަރައްގީ: އިދާރީ ހިންގުން ހަރުދަނާކޮށް އެދެވޭ ނަތީޖާ ހާސިލްކުރުން.
ގައުމީ ނަޒާހަތްތެރިކަން: ގައުމީ ނަޒާހަތްތެރިކަމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުން.
ޕްރޮކިއުމަންޓާއި ކުންފުނިތައް: ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގަވާނަންސް ހަރުދަނާކުރުން
ސިޔާސީ ކޮރަޕްޝަން: ސިޔާސީ ދާއިރާގައި ހިންގާ ކޮރަޕްޝަން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުން
އޭސީސީން ބުނީ ޕްލޭންގެ ދަށުން ”މޯލްޑިވްސް އެންޓި-ކޮރަޕްޝަން އެކަޑަމީ“ މެދުވެރިކޮށް ތަމްރީނުތައް ފުޅާކުރުމަށް ވެސް ވަނީ ނިންމާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް