ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލްތައް ދެއްކުމުން މި އަހަރުގެ ކުރިން އަރާފައިވާ ޖޫރިމަނާ މާފުކޮށްދޭން އެމްޑަބްލިއުއެސްސީން އަނެއްކާވެސް ނިންމައިފިއެވެ.
އެމްޑަބްލިއުއެސްސީން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި އަހަރުގެ ނިޔަލަށް ބިލްތައް ގަވާއިދުން ދައްކާ މީހުންނަށް މާފުކޮށްދޭނީ މިދިޔަ އަހަރުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާތައް ކަމަށެވެ.
އަދި ޖޫރިމަނާ މާފުކޮށްދިނުމުގެ އިތުރުން ނުދައްކާ ހުރި ބިލްތަކަށް ފައިސާ ދެއްކުމުގައި ލުޔެއް ދޭން ވެސް ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން މިހާތަނަށް ނުދައްކާ ހުރި ފައިސާ މަހުން މަހަށް ބަހާލައިގެން ދައްކަން އެދޭ އެދޭ ކަސްޓަމަރުންނަށް އެގޮތަށް ހަމަޖައްސައިދޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި އެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ވެސް ޖޫރިމަނާ މާފުކޮށްދޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ހާމަކުރެއެވެ.
އެހެންކަމުން ނުދެއްކި ގިނަ ދުވަސްވެގެން ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ފައިސާ ދައްކަވަން މި ފުރުސަތުގެ ބޭނުން ހިފުމަށާއި ގަވާއިދުން ބިލްތަކަށް ފައިސާ ދައްކަމުން ގެންދިއުމަށް ހުރިހާ ކަސްޓަމަރުންނަށް އެމްޑަބްލިއުއެސްސީގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.
![]()
