ފައްޔާޒް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަނީ

Loading

Facebook
Twitter
WhatsApp

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން ތާއީދު ނިންމަވައި އެކަން އިއުލާން ކުރައްވައިފި އެވެ.


މިކަން ހާމަކުރައްވާފައި ވަނީ ”ބޮޑު ބަދަލު“ މި ނަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ފައްޔާޒް އެކުގައި ބޭއްވެވި ޕްރެސް ބްރީފިންގައި މައުލޫމާތު ދެއްވަމުންނެވެ.

އެ ބައްދަލުވުމުގައި ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވިކަން އިއުލާން ކުރައްވާފައެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި ނަޝީދު ވަނީ ޕާޓީގެ ކުރިމަގާ މެދު އޮތް ތަޞައްވުރު ހާމަކުރައްވައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފައްޔާޒް އިސްމާއީލް ނެރުމަށް ތާއީދުކުރައްވާކަން ވެސް ފާހަގަކުރައްވާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް