އިސްރާއާއި މިޢުރާޖުގެ ޙާދިސާއިން އެނގެނީ ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަކަމެއް ވާނޭކަން ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫޢު އަކީ ”އިސްރާއާއި މިޢުރާޖުގެ ޢިބުރަތްތައް“ މިއެވެ.
ހުތުބާގައި ބުނީ މާތްالله އަހަރެމެންގެ ލޮބުވެތި ރަސޫލާއަށް ގިނަގުނަ ނިޢުމަތްތަކަކާއި މުޢުޖިޒާތް ދެއްވި ކަމަށާއި އެކަލޭގެފާނަށް ދެއްވި މުޢުޖިޒާތްތަކުގެ ތެރޭގައި އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅު ހިމެނޭ ކަމަށާއި އެ ދަތުރުފުޅަކީ ބޮޑުވެގެންވާ މުޢުޖިޒާތެއް ކަމަށެވެ.
”އެއީ އެ ކަމުގައި ޢިބުރަތްތަކާއި އިމްތިޙާނުކުރެއްވުންތައް ހިމެނޭ މަތިވެރި ޙާދިސާއެކެވެ. މި ދުވަސްވަރަކީ މި މަތިވެރި ޙާދިސާގެ ހަނދާންތައް އަހަރެމެންގެ ހިތްމައްޗަށް އައިސްފައިވާ ދުވަސްވަރެވެ.“ ހުތުބާގައި ބުނެފައި ވެެެއެވެ.
އަދި ކީރިތި ރަސޫލާގެ ޞައްޙަ ޙަދީޘްފުޅުތަކުން އިސްރާއާއި މިޢުރާޖުގެ ޙާދިސާ ހިނގައިފައިވާކަން ކަށަވަރުވެ ޔަޤީންވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ ކީރިތި ރަސޫލާ ގެ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅަކީ އެކަލޭގެފާނު އިސްލާމީ ދަޢުވަތު ދެއްވުމުގައި އުފުއްލަވަމުން ގެންދެވި ބުރަތަކަށާއި އެ ކަމަށް ޓަކައި ތަޙައްމަލުކުރެއްވި ދަތިތަކަށާއި، ކެތްތެރިވެވަޑައިގަތް ކެތްތެރިވެވަޑައިގަތުމަށް މާތްالله ދެއްވެވި މަތިވެރި އިނާމެއް ކަމަށެވެ.
ޚުޠުބާގައި ބުނީ އެ ހާދިސާއިން އެނގެނީ ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަކަމެއް ވާނޭކަން ކަމަށާއި މާތްالله ޙަޟުރަތުން ވާތްގާއި މަދަދު ހޯދާ މީހާ ނާއުންމީދުވާން ނުޖެހޭނޭ ކަމަށެވެ.
![]()
