ޑްރަގްގެ މައްސަލައެއްގެ ތަހުގީގަށް މާލޭގައި ހުންނަ ފުލުހުންގެ ކަސްޓަޑީގައި ބަންދުކޮށްފައި ހުރި މީހަކު މަރުވެއްޖެއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން މިއަދު ބުނީ ފުލުހުންގެ ބަންދުގައި ހުއްޓަ މަރުވެފައި ވަނީ ގ. ޒާމިއާ، މާލެ، އަހުމަދު އަފްރާހު (48އ) ކަމަށެވެ.
“މިއަދު ފަތިހު 5:50 އެހާކަންހާއިރު ބެލި އިރު އަފްރާހުގެ ހަރަކާތް ހުއްޓިފައިވާ ކަމަށް ފާހަގަކުރެވުމުން އައިޖީއެމްއެޗަށް ގެންގޮސްފައިވާނެ“ ފުލުހުން ބުނެފައި ވެއެވެ.
އެގޮތުން އަހުމަދު އަފްރާހު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައި ވެެއެވެ.
އަފްރާހުގެ މަރުވި މައްސަލަ ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަން އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.
![]()
