ހުޅުމާލެއާ މާލެއާ ދޭތެރޭ އޮންނަ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް

Loading

July 17, 2025
profile
Facebook
Twitter
WhatsApp

ހުޅުމާލެއާ މާލެއާ ދެމެދު އޮންނަ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ކޮންޓްރޯލްނުވެ ދިޔަ ސައިކަލެއް ކާރެއްގައި ޖެހިގެން ކަމަށް، މަންޒަރު ދުށް ފަރާތަކުން މަޢުލޫމާތު ދީފައިވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަގޮތުގައި، ކާރުގެ ކުރިމަތިން، ބިންމަތީގައި ވަރަށް ގިނަ ލޭ ހުއްޓެވެ. އަދި ހެލްމެޓެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއްވެސް އެ ދިމާއިން ބިންމަތީގައި އޮތެވެ.

މި ހާދިސާގައި، ސައިކަލުގައި ތިބި ދެ އަންހެނުންގެ ތެރޭން އެކަކަށް އަނިޔާވީ، ކާރުގެ ބިއްލޫރިގަނޑުގައި ޖެހި، ބިއްލޫރިގަނޑު ތަޅައިގެންދިއުމުން ކަމަށް ޚަބަރުލިބެއެވެ.

Loading

One Response

Leave a Reply

ފަހުގެ އަޕްޑޭޓް