މިއަދު ހަވީރުގެ ވަގުތެއްގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރަކުން ވެއްޓުނު ޒުވާނާ ނިޔާވެއްޖެއެވެ.
އޭނާ ނިޔާވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، މިއަދު އިރުއޮއްސި 6.30 އެހާކަންހާއިރު ކަމަށް މަޢުލޫމާތު ލިބެއެވެ.
ފުލުހުން ބުނީ، ވިނަރެސް ޓަވަރު 8ން ވެއްޓިފައިވަނީ 18 އަހަރުގެ ދިވެހި ޒުވާން ފިރިހެނެއް ކަމަށެވެ.