ފިޔަވަތީގައި ތިބޭ ކުދިންނަށް ފުލުހުންގެ އީދު ހަދިޔާ

Loading

June 7, 2025
profile
Facebook
Twitter
WhatsApp

ދައުލަތުގެ ބެލުމުގެ ދަށުގައި ހުޅުމާލޭ ފިޔަވަތީގައި ތިބޭ ކުދިންނަށް ފުލުހުންގެ ފަރާތުން ”ވަރަށް ލޯބިން“ ދޭ އީދު ހަދިޔާ ދީފިއެވެ.

މި ހަދިޔާ ދިނުން އޮތީ ހެޔޮއެދޭ ފަރާތަކުން ހަމަޖައްސައިދިން މެންދުރުގެ ކެއުމަކާ އެކުގައެވެ.

އަދި މީގެ އިތުރުން، ފުލުހުންނާއެކު އެ ކުދިންނަށް މަޖާ އުފާވެރި ވަގުތުތަކެއް ހޭދަކޮށްލުމުގެ ފުރުސަތު ވަނީ ހޯދައިދީފައެވެ.

ދައުލަތުގެ ހަވާލުގައި ތިބޭ ކުދިން ބަލަހައްޓާ ޖުމުލަ 3 މަރުކަޒު ހުންނައިރު، ފިޔަވައްޗަކީ މާލޭ ސަރަހައްދަށް ނިސްބަތްވާ ކުދިންނަށް ޚާއްޞަކޮށްފައިވާ ތަނެވެ. އަދި އަމާންވެއްޓާއި އަމާންހިޔާއަކީ ރާއްޖޭގެ އެހެން ހުރިހާ ކަންކޮޅުތަކަށް ނިސްބަތްވާ ކުދިން ބޭތިއްބުމަށް ޚާއްޞަކޮށްފައިވާ ދެ ތަނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް