މި އަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖާޖީންގެފަހު ގުރޫޕް ފުރައިފި 

Loading

Facebook
Twitter
WhatsApp
ހައްޖުވެރިން/ ފޮޓޯ : އިސްލާމިކް މިނިސްޓްރީ

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ފަހު ގުރޫޕް ފުރައިފިއެވެ.

ޙައްޖުވެރިންގެ ފަހުު ގުރޫޕް ފުރާފައިވަނީ 15:20 ހާއިރު ސަޢުދީ އެއާލައިންގައެވެ. މިފްލައިޓުގައި 250 މީހުން ފުރާފައިވެއެވެ. މި ފްލައިޓް ޖިއްދާ އެއަރޕޯޓްގައި ޖައްސާނެކަމަށް ލަފާކުރަނީ ރާއްޖެ ގަޑިން 20:49 ހާއިރުއެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގައި މިއަހަރުވެސް ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. އެ ގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ.

ދިވެހި ޙައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް