ދަރިވަރެއްގެ އިނގިލި އަނބުރާލައި ހުޅުން ނައްޓާލި މައްސަލައިގައި ހައްޔަރުކުރި ބިދޭސީ ޓީޗަރު ދޫކޮށްލައިފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ ތަހުގީގަށް ބޭނުންވާ މައުލޫމާތު ނެގުމަށްފަހު ކޯޓަށް ހާޒިރުނުކޮށް އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
މި މަހުގެ 27 ވަނަ ދުވަހު ފުލުހުން ބުނީ ތ. އަތޮޅު ރަށެއްގައި ބިދޭސީ ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލާ ހުޅުން ނައްޓާލި މައްސަލައެއް އެ ދުވަހު ހެނދުނު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާ ލިބުނު ކުއްޖާއަށް ވަނީ ފަރުވާ އެ އަތޮޅު ވޭމަންޑޫ ސިއްހީ މަރުކަޒުގައި ފަރުވާވެސްދީފައެވެ.
މިކަމާއި ގުޅިގެން އެ ކުއްޖާގެ އާއިލާއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ކުއްޖާގެ އިނގިލީގެ ހުޅު ނައްޓައިލުމަށްފަހު އެ ޓީޗަރު އަމިއްލައަށް ވަނީ އެ ކުއްޖާގެ އިނގިލީގެ ހުޅު އަޅުވާފައެވެ. އަދި މި ހާދިސާގައި އިނގިލީގެ ހުޅު މަތިން ކަށިގަނޑުގައި ރެނދުލާފައިވާ ކަމަށް އާއިލާއިން ބުނެއެވެ.