މ. މުއްޔާއި އެ ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ނާލާފުށި ގުޅުވާލުމަށް ހަދާ ކޯޒްވޭގެ އަމަލީ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވާފައި ވަނީ މުލީ އެއާޕޯޓު ހުޅުވުމަށް އެ ރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު އެވެ.
މިއީ އެމްޓީސީސީއާ ހަވާލުކޮށްގެން 600 ދުވަސް ތެރޭގައި ނިންމަން އަމާޒު ހިފާފައިވާ މަސައްކަތެކެވެ. މުލި-ނާލާފުށި ކޯޒްވޭ އަކީ 565 މީޓަރުގެ ކޯޒްވޭއެކެވެ. މި މަޝްރޫޢު ނިމެގެންދާއިރު މަގު ހެދުމާއި، ތާރު އެޅުމާއި، މަގު ބައްތި ޖެހުމުގެ އިތުރުން 112 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 15 މީޓަރުގެ ގްރޮއިން ޖެހުންވެސް ހިމެނެއެވެ.
![]()
