ރަޝިޔާއިން އަފްޣާނިސްތާނުގެ ޠާލިބާނުން ޓެރަރިސްޓުންގެ ލިސްޓުން އުނިކޮށްފި

Loading

Facebook
Twitter
WhatsApp

ރަޝިޔާއިން އަފްޣާނިސްތާނުގެ ޠާލިބާނުން ޓެރަރިސްޓުންގެ ލިސްޓުން އުނިކޮށްފި އެވެ.

ވިހި އަހަރު އަފްޣާނިސްތާނުގައި ޖަރީމާތަކާއި ޤަތުލު ޢާއްމުތައް ހިންގުމަށް ފަހު ޠާލިބާނުން ބަލިކުރެވޭގޮތް ނުވުމުން، އެމެރިކާ އަފްޣާނިސްތާނު ދޫކޮށް ދިޔަފަހުން ޠާލިބާނުންގެ ސަރުކާރު ދުނިޔޭގެ އެއްވެސް ޤައުމަކުން މިހާތަނަށް ޤަބޫލު ކޮށްފައެއް ނުވެއެވެ.

އެމެރިކާ އަފްޣާނިސްތާނުން ފޭބިއިރު އަފްޣާނިސްތާނުގައި އޮތީ އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް ކަމަށް ވިޔަސް ފޭބުމާއެކު ޠާލިބާނުން ވަނީ އެ ސަރުކާރު ވައްޓާލުމަށް ފަހު އަފްޣާނިސްތާނުގެ ވެރިކަމާއި ހަވާލުވެފައެވެ.

އަންހެންކުދިންނަށް މަތީތައުލީމު ދިނުމާއި ކާކުކަން ނޭނގޭ ގޮތަށް އަންހެނުން މޫނު ނިވާކޮށްގެން ބުރުގާ އަޅާއިގެން އުޅުން ޠާލިބާނުން މަނާ ކޮށްފައިވުމުން ، ދުނިޔޭގެ ޤައުމުތައް ވަނީ ، ޠާލިބާނުންގެ ސަރުކާރު ބަލައިގަތުމަށް ފަސްޖެހިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް