ބޭނުންވާ ތަކެތި:
1/2 ޖޯޑު މުގު
1/2 ސަނާމުގު (ދަޅުގައި ބަންދުކުރި)
ފިޔާ ފަޅިއެއް
1 ލޮނުމެދު
1 ހިކަނދިފަތް
1/2 ޖޯޑު އަލުވި (ކުދިގޮޅިއަށް ކޮށާފައި)
1/2 ސައިސަމުސާ އަސޭމިރުސް
1/2 ސައިސަމުސާ ލޮނު
1 ސައިސަމުސާ ލުނބޯހުތް
1/2 ޖޯޑު ކާށި ބޯކިރު ނުވަތަ ކުކިންގ ކްރީމް
1 މޭޒުމަތީސަމުސާ ކޮށާފައިހުރި ކޮތަނބިރިފަތް (ބޭނުންނަމަ)
ތައްޔާރުކުރާނެ ގޮތް:
މުގާއި ސަނާމުގު އަދި އަލުވި 1 ޖޯޑު ފެނުގައި ކައްކާލާށެވެ. ކައްކާނީ ލޮނު އަޅައިގެންނެވެ.
ފިޔައާއި ލޮނުމެދު ކުދިކޮށް ކޮށާލުމާށްފަހު އޭގެތެރެއަށް އަޅާލާށެވެ.
ހުރިހާ އެއްޗެއް މަޑުވުމުން ހިކަނދިފަތާއި އަސޭމިރުސްކޮޅު އަޅާލާށެވެ. އެއަށްފަހު އުނދުން ނިވާލާފައި ކިރު ނުވަތަ ކްރީމް އަޅައި އެއްކޮށްލާށެވެ. އޭގެމައްޗަށް ކޮތަނބިރިފަތްކޮޅު ބުރުވާލާށެވެ.
![]()
