ރަހަފަތް:ހޮޓް ޓޫނާ މެކަރޯނީ

Loading

March 10, 2025
Facebook
Twitter
WhatsApp

ބޭނުންވާ ތަކެތި:
1 ޕެކެޓް ޕާސްތާ
1 ބޮޑު ފިޔާ
3 ލޮނުމެދު
1 ކެޕްސިކަމް
2 ހިކަނދިފަތް
1 ދަޅު މަސް
2 މޭޒުމަތީސަމުސާ ޓޮމާޓޯ ޕޭސްޓް
3 މޭޒުމަތީސަމުސާ ޗިލީ ސޯސް
1 ސައިސަމުސާ ލޮނު
2 މޭޒުމަތީސަމުސާ ތެޔޮ

ތައްޔާރުކުރާނެ ގޮތް:
ފިޔައާއި ލޮނުމެދު ކުދިކޮށް ކޮށާލާށެވެ. ގާތްގަނޑަކަށް 5 މިލިމީޓަރު ހުންނަވަރަށް ކެޕްސިކަމް ބުރިބުރިކޮށްލާށެވެ. ފިޔާ، ލޮނުމެދު، ހިކަނދިފަތް އަދި ކެޕްސިކަމް 2 މޭޒުމަތީސަމުސާ ތެލުގައި މީރުކޮށްލާށެވެ. ބޭނުންނަމަ މަސްދަޅުގައި ހުންނަ ތެޔޮފޮދުގައިވެސް މީރުކޮށްލެވިދާނެއެވެ.
ފިޔާގަނޑު މިލައިލުމުން ޓޮމާޓޯ ޕޭސްޓް، ޗިލީ ސޯސް އަދި 1 މޭޒުމަތީސަމުސާ ލޮނު އަޅައި އެއްކޮށްލާށެވެ. ދެން މަސްކޮޅު ފުނޑުވާލުމަށްފަހު އަޅާލައި އެއްކޮށްލާށެވެ.
ޕާސްތާ ޕެކެޓުގައި ދީފައިވާ އިރުޝާދާ އެއްގޮތަށް ފެނުކައްކާލާށެވެ. ކެކުމުން ފުރާނާފައި، ތައްޔާރުކުރި ސޯސްގަނޑު ޕާސްތާއާ އެއްކޮށްލާށެވެ.
މި ރެސިޕީގައި ޗީޒް ހިމަނާފައި ނުވިނަމަވެސް ކާއިރު ޗީޒް އަޅާލެވިދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް