ރަހަފަތް:ތަރުކާރީ ބަތް

Loading

March 7, 2025
Facebook
Twitter
WhatsApp

ބޭނުންވާ ތަކެތި:
4 ޖޯޑު ބަތް
1 ޖޯޑު ކެބެޖު (ކޮށާފައި)
1 ޖޯޑު ކެރެޓު (ކޮށާފައި)
1 ޓޮމާޓޯ
ބައި ޖޯޑު ލީކްސް (ކޮށާފައި)
1 ފިޔާ (ބޮޑު)
3 ލޮނުމެދު
މެދުސައިޒުގެ 1 ބޮޑުމިރުސް (ބެލްޕެޕަރ)
ގިތެޔޮމިރުސް ފަޅިއެއް
3 ހިކަނދިފަތް
ބައި ސައިސަމުސާ މުގުރި އަސޭމިރުސް
1 ސައިސަމުސާ ލޮނު
1 ސައިސަމުސާ އޮއިސްޓަރ ސޯސް
1 ސައިސަމުސާ ސޯޔާ ސޯސް
3 ސައިސަމުސާ ތެޔޮ

ތައްޔާރުކުރާނެ ގޮތް:
ފިޔައާއި ލޮނުމެދު އަދި މިރުސް ކުދިކޮށް ކޮށާލާށެވެ. ބެލްޕެޕަރ އަދި ޓޮމާޓޯ ކުދިގޮޅިއަށް ކޮށާލާށެވެ. ތަވާ އުދުމަށްފަހު ތެޔޮފޮދު އަޅައި ހޫނުވުމުން ފިޔައާއި ލޮނުމެދު އަދި ހިކަނދިފަތް އަޅައިގެން މީރުކޮށްލާށެވެ. ޓޮމާޓޯކޮޅު އަޅައި މިނިޓެއްހާއިރު ކައްކާލާށެވެ. އެއަށްފަހު ކެރެޓާއި ކެބެޖު އަދި ބެލްޕެޕަރ އަޅައި އެއްކޮށްލާށެވެ. އޮއިސްޓަރ ސޯހާއި ސޯޔާ ސޯސް އަޅާލާފައި އަނެއްކާވެސް އެއްކޮށްލާށެވެ. އެއްކޮށްލުމަށްފަހު ލޮނު، އަސޭމިރުސް، ގިތެޔޮމިރުސް އަދި ލީކްސް އަޅައި އެއްކޮށްލާފައި މަތިޖަހާފައި މިނިޓެއްހާއިރު ބަހައްޓާށެވެ. ކައްކާފައިހުރި ބަތާއި ތައްޔާރުކުރި ތަރުކާރީކޮޅު އެއްކޮށްލާށެވެ.
ނޯޓް: ކުރީދުވަހު ގެނެސްދިން ލޮނުމިރުހުލީ ކުކުޅާއެކު މި ބަތް މީރުވާނެއެވެ.
https://sandhaanu.today/53343

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް