އެމެރިކާގެ ސޯޝަލް ސެކިއުރިޓީ ވެބްސައިޓް ލާ-ގްރާޑާ-ޔޫ އެސް އިން ފެބްރުއަރީ މަހު 3 ވަނަދުވަހު ހާމަކޮށްފައިވާ ރިޕޯރޓެއްގައި ދެން އޮންނަ ސީ އައި އެސް (ކޮމަންވެލްތު އޮފް އިންޑެޕެންޑެންޓް ސްޓޭޓްސް)ގެ ސަމިޓަށްފަހު ބައެއް ގައުމުތަކުން އެމެރިކާ ޑޮލަރަށް އަލްވަދާއު ކިޔަން ނިންމާފައިވާކަމަށް ބުނެފިއެވެ.
ދިގު ޒަމާންތަކެއްވާންދެން ގައުމުތަކުގެ މަރުކަޒީ ބޭންކުގައި ރަސްކަންކުރަމުން އަންނަ އެމެރިކާ ޑޮލަރަށް މުސްތަގްބަލް ކޮންމެވެސްވަރަކަށް ބަނަވާން ފަށައިފައިވަނީ ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ ފެށުމަށްފަހު އެމެރިކާއިން ރަޝިޔާއާއި ދެކޮޅަށް އަޅަންފެށި ދަތިކުރުމުގެ ފިޔަވަޅު ތަކެއްގެ ސަބަބުން ކަމަށް ބެލެވެއެވެ. ބައިނަލް އަގްވާމީ ވިޔަފާރީގައި އޭގެކުރިން އެމެރިކާ ޑޮލަރާ ދުރަށް ދެވިދާނެ ކަމަށް ހީކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް ފަހަކަށް އައިސް ރަޝިޔާއިން ވެސް ބައިވެރިވަފައިވާ ބްރިކްސް ޖަމާއަތުގެ މެމްބަރުން އިތުރުވެ އެމެރިކާ ޑޮލަރަށް ބަރޯސާވުން ކުޑަކުރަން ފެށި މަސައްކަތުގެ ނަތީޖާގެ ތެރޭގައި މި ލިއުމުގައި ބުނެފައިވާ ގައުމުތަކުގެ ވިސްނުމަށް އައި ބަދަލުތައްވެސް ހިމެނޭ ކަމުގައި ބުނެވިދާނެއެވެ.
ދުނިޔޭގެ ކްރޮސްބޯރޑަރ ވިޔަފާރީގައި އެމެރިކާ ޑޮލަރުގެ މުހިންމުކަން އަދިވެސް އެހެން ފައިސާއަކާ އަޅާ ނުކިޔޭނެއެވެ. އެހެންނަމަވެސް އެންމެފަހުން ބޭއްވުނު ސީ އައި އެސް ގެ ސަމިޓަށްފަހު އޭގެތެރެއިން މަދުވެގެން 11 ސްޓޭޓެއްގައި އެމެރިކާ ޑޮލަރ ބޭނުންކުރުން މަނާކުރެވޭނެއެވެ. އޭގެ ބަދަލުގައި އެ ސްޓޭޓް ތަކުގެ މެދުގައި ކުރެވޭ ވިޔަފާރީގެ ހުރިހާ މުއާމަލާތެއްގައި ބޭނުންކުރެވޭނީ ލޯކަލް ފައިސާއެވެ. އެމެރިކާ ޑޮރަލ ބޭނުންކުރުން އީރާނުން ވަނީ މީގެ ކުރިން ހުއްޓާލާފައެވެ.
ވެބްސައިޓުގައި ބުނެފައިވާގޮތުން އެ ސްޓޭޓްތަކުން މި ގޮތަށް ނިންވާފައިވަނީ އެމެރިކާ ޑޮލަރަށް ލެނބިގެން ތިބެންޖެހުމުން އެމެރިކާގެ އިގްތިސާދަށް ކުރިމަތިވަމުން އަންނަ ކޮންމެ ކްރައިސިސް އެއްގެ ގެއްލުމާ ކުރިމަތިލާން ޖެހޭނެތީއެވެ.
ކޮމަންވެލްތު އޮފް އިންޑެޕެންޑެންޓް ސްޓޭޓްސް ގެ ކްރޮސް ބޯރޑަރ ވިޔަފާރީގައި އެމެރިކާ ޑޮލަރ ބޭނުންކުރުން މަނާކުރުމަށް މިދިޔަ ޖެނުއަރީ މަހު ކުރީކޮޅު ބޭއްވުނު ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވި ގައުމުތަކުގެ ވެރިން ވަނީ އެއްބަސްވެ ވަޑައިގެންފައެވެ. އެއީ އާރމީނިއާ އަޢި ތުރުކުމެނިސްތާނާއި އުޒުބަކިސްތާނާއި އަޒަރބާއިޖާނާއި ބެލަރޫސް އާއި މޯލްޑޯވާއާއި ރަޝިޔާއާއި ތަޖިކިސްތާނާއި ކިރިގިސްތާނާއި އަދި ކަޒަކިސްތާނެވެ.
އެމެރިކާ ޑޮލަރާ ދުރުވުމަށް ބްރިކްސް ޖަމާއަތުން ކުރަމުން ގެންދާ މަސައްކަތުގެ ސަބަބުން ދުނިޔޭގެ ވިޔަފާރީގެ މައްޗަށް އެމެރިކާއިން މަޖްބޫރު ކުރަމުންގެންދާ ނުފޫޒުވެސް ކުޑަވެގެން ދާނެކަމަށް މާލީ ތަޖްރިބާކާރުން ބުނެފައި ވެއެވެ.
އެމެރިކާގެ ރައީސް ޑޮނާލަޑް ޓްރަމަޕް ކެނެޑާއާއި މެކްސިކޯ އަދި ޗައިނާއާ ދެކޮޅަށް އިއުލާން ކުރައްވާފައިވާ ވިޔަފާރީގެ ޓެރިފްގެ ތައްޕަޅުން ވަރަށް އަވަހަށް ޔޫރަޕްގެ ގައުމުތަކުގެ މޫނުމަތީގައިވެސް ޖަހާނެ ކަމަށް އިންޒާރު ދެއްވާފައިވާތީ ކްރޮސްބޯޑަރ ވިޔަފާއީގައި ކޮންމެ ގައުމަކުންވެސް މިނިވަން ނިންމުމެއް އިޚްތިޔާރެއް ކުރަން ޖެހިފައިވާކަމަށް މާލީ ތަޖްރިބާކާރުން ބުރަވެފައިވެއެވެ.
ދުރު އިރުމަތީގެ ގައުމުތަކުން ގަބޫލުކުރާގޮތުގައި މިފެށުނީ އިޔަރ އޮފް ދަ ސްނޭކް އެވެ. އިއްޔެ ދުރު އިރުމަތީގެ މާރކެޓް އިންޑެކްސް ގައި ސިއޯލް އާއި ޓޯކިޔޯ އާއި ޖަޕާން އަދި ސިޑްނީއާއި ބެންކޮކާއި ވެލިންގޓަނުންވެސް ދަށަށް ގޮސްފައިވާއިރު ނިއު ދިއްލީއާއި ހޮންގކޮންގއާއި ސިންގަޕޯރުންވެސް ދިޔައީ ވެއްޓެމުންކަން ފާހަގަ ކޮށްފައިވެއެވެ. ޗައިނާ ބަންދު ދުވަހަކަށް ވީތީ އެގައުމުގެ ނަތީޖާއެއް ނުލިބެއެވެ. ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ފްރޭންކްފަރޓް އާއި ޕެރިސް އާއި ލަންޑަންގެ މާރކެޓްވެސް ދިޔައީ ދަށަށްކަން ފާހަގަކުރެވިފައިވެއެވެ.