މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ (އެމްސީޕީ) ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަދުވެގެން ބޭނުންވާ 3000 މީހުންގެ މެންބަރޝިޕް ފޯމް އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހެޅުމަށް ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.
”މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ“ ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމުގެ ހުއްދަ އީސީން ދިނީ މިދިޔަ ނޮވެމްބަރު 14 ގައެވެ.
ގާނޫނުގައި އޮންނަ ގޮތުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މީހުންގެ ފޯމު އީސީއަށް ހުށަހެޅުމަށް ލިބޭނީ ތިން މަސް ދުވަހުގެ މުހުލަތެކެވެ. އެގޮތުން މެންބަރުން ހަމަކުރުމަށް އެމްސީޕީއަށް ދީފައިވާ ތިންމަސް ދުވަހުގެ މުއްދަތު ހަމަވާނީ 14 ފެބްރުއަރީ 2025 ގައެވެ.
އެމްސީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ސިޔާސީ ތަޖުރިބާކާރެއް ކަމަށްވާ މުޙައްމަދު ޒަކީ (ނަޒާކީ ޒަކީ) މިއަދު ވިދާޅުވީ އައު ސިޔާސީ ޕާޓި ހެދުމަށް ނިންމެވީ ސިޔާސީ ގޮތުން ވެރިކަން ކުރި އަދި ކުރަމުންދާ ޕާޓީތައް ފެއިލްވެ، ރައްޔިތުން މާޔޫސް ކޮށްލައިފައިވާތީ، ކޮންމެ ބަޔަކުވެސް އެބަޔެއްގެ އަމިއްލަ އެދުން ކުރިއަށް ނެރެ ރައްޔިތުންނަށް ދޯކާ ދެމުން ދާތީ ކަމަށެވެ.
ޒަކީ ވިދާޅުވި ގޮތުގައި މި ޖަމާއަތް ލީޑްކުރައްވާނީ 2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ޖާނާއި މާލުން ގުރުބާންވި ޕީޕީއެމްގެ ދާއިރާގެ ރައީސުންނާއި ބައެއް ސްޓިއަރިން ކޮމެޓީގެ މެމްބަރުންނެވެ.
މައުލޫމާތު ލިބޭ ގޮތުން ވަރަށް އަވަހަށް 3000 މެންބަރުން ހަމަކުރުމަށް ފަހު ޕާޓީ ރަޖިސްޓްރީ ކުރުމަށް އިލެކްޝަން އަށް ހުށަހެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެމްސީޕީން އަމާޒު ހިފާފައިވަނީ ޕާޓީގެ އިފްތިތާޙީ ޖަލްސާ ފެބްރުއަރީ މަހުގެ ތެރޭގައި ހދ. ކުޅުދުއްފުށީގައި ބޭއްވުމަށެވެ.
އަލަށް އުފައްދާ އެމްސީޕީގެ އަށް އަސާސެއް ވެއެވެ.
އެ އަސާސްތަކަކީ:
“ މަގޭ ޤައުމު – މަގޭ ނިންމުން“
ޤައުމު ދަރާވިކިގެން ދިޔަ ނުދިނުން
ދޮގުގެ މައްޗަށް ދޮގުހަދާ އޮޅުވާނުލުން
ތިންބާރު އެއްކޮށް ނުލުން
ހަމަހަމަކަމާއި ޢަދުލު އިންސާފު
ސިޔާސީ މަޤާމުތައް ލިމިޓްކުރުން
ދައުލަތުގެ ކުންފުނިތައް ވީހާވެސް މަދުކުރުން
ވިޔަފާރިވެރިންނަށް ވިޔަފާރިކުރުމުގެ ފުރުޞަތު އިތުރުކޮށްދިނުންް
2 Responses
ތަފާތު ވާނެ ކަމަށް ހީކުރަނީ. ދެން ބަލަމާ. މަރުހަބާ!
ޕާޓީ ތަކުން ލިބުނީ ފިތުނަ އާ ފަސާދަ. ދެން ރަނގަޅު ކުރުމަށް ވަރަށް ދުވަސް ނަގާނެއެވެ. އެހެނަސް ބަޔަކު މަސައްކަތް ކުރަންޖެހެއެވެ. އުންމީދު ތާ މަގޭ އެ މާތް އަބަދު އުންމީދު ކީ މަގޭ.
#GodBless