ޒަހަމްތަކަކާއެކު ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލު މޫދުން ނެގި މީހާގެ ބޮލުގައި ކަނޑު އުޅަނދަކުން ޖެހިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލު ބޭރު ތޮށިގަނޑާ ދިމާލުން މޫދުގައި އަނިޔާތަކަކާއެކު އޮތް ދިވެހި ފިރިހެނަކު ފެނިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗްގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ މޫދުން ފެނުނު މީހާގެ ބޮލަށް އަނިޔާވެފައިވާ ކަމަށާއި އެ މީހާގެ ބޮލުގައި އުޅަނދަކުން ޖެހިފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ފުލުހުން އަދި ހިއްސާކޮށްފައެއް ނުވެއެވެ.