އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން، ޒަޔަނިސްޓް އިސްރާއީލާއި ގުޅުން ހުރި 4 ޓެރަރިސްޓަކު މަރާލައި 7 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އީރާނުގެ ސިސްތާން އާއި ބަލޫޗެސްތާނުން އިސްރާއީލާ ގުޅުން ހުރި ޓެރަރިސްޓުން މަރާ ހައްޔަރު ކޮށްފައި ވަނީ އިސްލާމިކް ރިވޮލިއުޝަން ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ސިފައިން ހިންގަމުން އަންނަ ސަލާމަތީ އެކްސަސައިޒެއްގައެވެ.
އެގޮތުން އެ ސަލާމަތީ އެކްސަސައިޒްގައި ފާއިތުވެ ދެ ދުވަހުގެ ތެރޭގައި 4 ޓެރަރިސްޓަކު މަރާލައި 7 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން 5 މީހަކު ސަލާމަތީ ބާރުތަކާ ހަވާލުކޮށްފައިވާ ކަމަށް އެ އެކްސަސައިޒްގެ ތަރުޖަމާނު ވިދާޅުވިއެވެ.
One Response
Mi gaumugaves thikahala exercises thah dhifaaee baarun hingaa baivaru faharu. Haraamun haraam vaa ehkkamehvves.