ޑޮނަލްޑު ޓްރަމްޕުގެ އަރިހުން ވަރިވާން އެމެރިކާގެ މަހާރެހެންދި، މެލާނިއާ އުޅުއްވާކަމަށް މެލާނިއާގެ ވަރަށް އަރިސް ބޭފުޅަކު ވިދާޅުވެްްޖެ

Loading

Facebook
Twitter
WhatsApp

އެމެރިކާގެ މަހާރެހެންދީގެ ޚިދުމަތުގައި ކުރީގައި އުޅުނު ފަރާތަކުން ބުނެފައިވާ ގޮތުގައި ޑޮނަލްޑު ޓްރަމްޕު ވެރިކަމުން ފައިބައި ވަޑައިގެންނެވިހާ އަވަހަކަށް ޑޮނަލްޑު ޓްރަމްޕުގެ އަރިހުން މެލާނިއާ ވަރިވާނެއެވެ.  މެލާނިއާ އެގެންދަވަނީ “ ކޮންމެ މިނުޓެއް ގުނަމުން“ ކަމަށް އެފަރާތަކުން ބުނެފައިވެއެވެ. 

މި ގޮތަށްމިޚަބަރު ފެތުރިފައިވާ މިވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބު ޓްރަމްޕަށް ނާކާމިޔާބުވެ، ޑިމޮކްރަޓިކް ޕާޓީގެ ޖޯބައިޑަން ހޮވުނުކަން ޔަގީންވިތާ އެއްދުވަސްފަހުންނެވެ. ވަރީގެ ކަންތައް ކުރިއަށް ގެންދަން މެލާނިއާ އިންތިޒާރުކުރައްވަނީ ޓްރަމްޕު ވައިޓް ހައުސްއިން ނިކުމެ ވަޑައިގަތުމުންނެވެ. 

އޮމަރޯސާ މެނިގޯލްޓު ނިއުމަން ބުނެފައިވާ ގޮތުގައި ޑޮނަލްޑާއި މެލާނިއާގެ 15 އަހަރުވީ ކައިވެނި މިހާރުވަނީ “ ނިމިފަ“ އެވެ. “ ވަރީގެ ކަންތައް ކުރިއަށް ގެންދިއުމަށްޓަކައި، މެލާނިއާ އެގެންދަވަނީ ޓްރަމްޕް އޮފީހުން ނުކުންނަވަންދެން ކޮންމެ މިނުޓެއް ގުނަމުން“ ނެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް