ނޫސްވެރިކަމުގެ އިނާމު ދިނުމުގައި އަމަލުކޮށްފައިވާގޮތް ތަހުގީގު ކުރަން އޭސީސީން، އެމްއެމްސީއަށް

Loading

November 4, 2024
sandhaanu news
Facebook
Twitter
WhatsApp
ފޮޓޯ:އަދަދު

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިކަމުގެ އިނާމު ދީފައިވާ ގޮތާމެދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ މައްސަލައިގެ ތަހުގީގަށް އޭސީސީގެ ޓީމެއް އެމްއެމްސީއަށް ވަދެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ތަހުގީގު ކުރަމުން އަންނަނީ ނޫސްވެރިކަމުގެ އިނާމު ދިނުމުގައި އެމްއެމްސީގެ މެންބަރުންގެ ތެރެއިން ބަޔަކު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެވޯޑް ދީފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

އެމްއެމްސީން ބޭއްވި ނޫސްވެރިކަމުގެ އެވޯޑް ހަފްލާގައި އޯޑިއޯ/ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު ލިބުނީ އޮނަލައިން ނޫސް ”އަދަދު“ ގެ ”ސްކީލާން“ ޑޮކިއުމެންޓްރީއަށެވެ. އެގޮތުން އެ އެވޯޑު ދީފައި ވަނީ އުސޫލުތަކާއި ހިލާފަށް ކަމަށް އެވޯޑްތަކަށް އިންސާފު ކޮށްދިން ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ.  

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފަހު ކޮޅު ނެރުނު އެ ޑޮކިއުމެންޓްރީ އަކީ ލަންކާގެ ރައްޔިތެއް ކަމަށްވާ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދޮންމަންމާފުޅު ސްކީލާން އެ މަނިކުފާނަށް ބޮޑެތި ތުހުމަތެއް ކުރައްވާފައިވާ ޑޮކިއުމަންޓްރީއެކެވެ. ރައީސް މުޢިއްޒު ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް