އިސްރާއީލުގެ މަރުކަޒުތަކުން އަރަބި ދައުލަތަށް ދޭ ކޮންމެ ހަމަލާއަކަށް ރައްދުދޭނެ ކަމަށް އިރާގުގައި ހަރަކާތްތެރިވާ އަލް ނުޖޫބާ ރެސިސްޓެންސް މޫވްމަންޓް އިން ބުނެފިއެވެ.
އިރާގުގެ ނުޖޫބާ މޫވްމަންޓް އިން މިގޮތަށް ބުނެފައި ވަނީ އިސްރާއީލުން އެހެން ޤައުމުތަކަށް ހަމަލާ ދިނުމަށް އެމެރިކާއިން މަގުފަހިކޮށްދީ ތާއީދުކުރަމުން އަންނާތީވެ،އެ ޖަމާއަތުން އެމެރިކާއަށް އިންޒާރު ދެމުންނެވެ.
އެގޮތުން އިރާގަށް ހަމަލާއެއް ދިނުމަށް އިޒްރޭލަށް އެމެރިކާއިން އެހީތެރިވެދީފިނަމަ އެމެރިކާގެ މަރުކަޒުތަކަށް ހަމަލާތައް އަމާޒު ކުރާނެ ކަމަށްވެސް އަލް ނޫޖާބާ ރެސިސްޓެންސް ހަރަކާތުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ޖަމާއަތުން ވަނީ އެމެރިކާއާއި އިސްރާއީލުގެ މަރުކަޒުތަކުން އަރަބި ދައުލަތަށް ދޭ ކޮންމެ ހަމަލާއަކަށް ރައްދުދޭނެ ކަމަށް ބުނެ އެމެރިކާއަށް އިންޒާރު ދީފައެވެ.
ހަމައެހެންމެ އެ ޖަމާއަތާއި ދެކޮޅަށް އިސްރާއީލުން ދޭ އިންޒާރުތަކުން ބިރު ނުގަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.