ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް މާދަމާ ބާއްވަނީ

Loading

November 2, 2024
sandhaanu news
Facebook
Twitter
WhatsApp

މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ގިނަ ހަރަކާތްތަކެއް ބާއްވަން އެމްއެންޑީއެފްއިން ނިންމައިފިއެވެ.

އެގޮތުން އެމްއެންޑީއެފުން ބުނީ މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައި ވަނީ  ނޮވެންބަރު 3 ވަނަ ދުވަހު ސިފައިން ބައިވެރިވެގެން ޖަމާޢަތުގައި ކުރާ ފަތިސް ނަމާދުން ކަމަށެވެ. އިސްލާމީ މަރުކަޒުގައި ޖަމާޢަތުގައި ކުރެވޭ ފަތިސް ނަމާދަށް ފަހު، އެ ދުވަހު ހެނދުނު، ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތުވެސް އޮންނާނެ ކަމަށް ސިފައިން ހާމަކުރެއެވެ.

އަދި އެ ދުވަހު ހެނދުނުގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި އޮންނާނީ ”ނަޞްރު ދުވަހުގެ ސިފައިންގެ މައުރަޒު“ ހުޅުވުމެވެ. މި އަހަރުގެ ”ސިފައިންގެ މައުރަޒު“ ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޭޝަނަލް އާޓް ގެލަރީގައެވެ.

ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ދުވަހުގެ ހަވީރު އެމްއެންޑީއެފުން ޖުމްހޫރީ މައިދާނުގައި ޚާއްޞަ މިލިޓަރީ ޑިސްޕްލޭއެއް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެ ދުވަހުގެ ރޭ ބާއްވާ ނަޞްރު ދުވަހުގެ ޚާއްޞަ ޖަލްސާ އޮންނާނީ ދަރުބާރުގޭގައެވެ. 

މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގައި ވެސް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް