ހިޒްބުﷲ އިން އިސްރާއީލުގެ އަސްކަރީ ޖާސޫސީ މަރުކަޒަކަށް ހަމަލާދީފި

Loading

Facebook
Twitter
WhatsApp

ހިޒްބުﷲ އިން ޓެލްއަވީވްގައި ހުންނަ އިސްރާއީލުގެ އަސްކަރީ ޖާސޫސީ މަރުކަޒަކަށް ހަމަލާދީފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ފަލަސްތީނުގެ ހިފާފައިވާ ސަރަހައްދުތަކުގެ ޓެލް އަވީވް ސިޓީގެ ސަބަރބްސްގައި ހުންނަ އިސްރާއީލުގެ އަސްކަރީ ޖާސޫސީ މަރުކަޒަކަށް ވަނީ ރޮކެޓް ހަމަލާއެއް ދީފައެވެ.

އެ ޖަމާއަތުން ވަނީ އިސްރާއީލުގެ އަސްކަރީ ޖާސޫސީ ޔުނިޓް 8200 އަށް ނިސްބަތްވާ ގްލިލޮޓް ބޭސްއާ ދެކޮޅަށް ބަދަލު ހިފުމުގެ ހަމަލާދޭނެކަން އިއުލާންކޮށް ހޯމަ ދުވަހު އިންޒާރުދީފައެވެ.

އެ ޖަމާއަތުން ބުނީ އެ އޮޕަރޭޝަން ހިންގީ ”ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް، އެމީހުންގެ ހިތްވަރުގަދަ އަދި ޝަރަފުވެރި ޖިހާދަށް ތާއީދުކުރުމުގެ އިތުރުން ލުބުނާނު ރައްޔިތުންގެ ދިފާއުގައި“ ކަމަށެވެ.

މި ހަމަލާދީފައި ވަނީ ”ޒަޔަނިސްޓް ދުޝްމަނުން ހިންގާ އަނިޔާވެރިކަމާއި ގަތުލުއާންމުތަކަށް ރައްދު ދިނުމުގެ ގޮތުން“ ކަމަށް ހިޒްބުﷲ ޖަމާއަތާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައި ވެއެވެ.

ހަމައެހެންމެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ސައްޔިދު ހަސަން ނަސްރުالله އަށް އިޝާރާތްކޮށް ”އަހަރެމެން މިތިބީ ތިޔަ ޚިދުމަތުގައި އޭ ނަޞްރުالله“ ބުނެފައިވާ ކަމަށް ހިޒްބުﷲ އާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައި ވެއެވެ.

އިސްރާއީލުން ލުބުނާނަށް ދެމުން އަންނަ ވަރުގަދަ ހަމަލާތަކަށް ރައްދުދީ ބަދަލު ހިފުމުގެ ގޮތުން ހިޒްބުﷲ އިން ލުބުނާނުގެ ދެކުނު ސަރަހައްދުތަކަށް އަރައިގަނެ ޖަރީމާ ހިންގަން މަސައްކަތްކުރާ އިސްރާއީލުގެ ސިފައިންނަށް އަމާޒުކޮށްގެން ވަނީ ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް