ކުޅުދުއްފުށި ސިޓީގައި 55 ބައިވެރިންނާއެކު ޖަނާޒާ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.
މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެންނެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި ވޯކްޝޮޕްގައި 55 ބައިވެރިން ބައިވެރިވެ ކާމިޔާބު ކަމާއެކު އެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.
މި ވޯކްޝޮޕްގެ ދަންފަޅިތައް ނަންގަވައިދެއްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވާއިޡް އައްޝައިޚް ޢަބްދުލް ޤާދިރުއެވެ.
އިސްލާމިކް މިނިސްޓްރީއާއި ރަށްރަށުގެ ކައުންސިލްތައް ގުޅިގެން ކުރިއަށް ގެންދާ ޖަނާޒާ ވޯކްޝޮޕުތަކަކީ ރާއްޖޭގެ ރަށްތަކުގައި ކަށުކަމާކެމީގެ ޢިލްމާއި ހުނަރު ލިބިފައިވާ ފަރާތްތައް އިތުރު ކުރުމަށް ޓަކައި ކުރިއަށް ގެންދާ ޕްރޮގްރާމްތަކެކެވެ.