މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލުމުގެ މަސައްކަތް ކުރަމުންދާތީ، އެ ޕާޓީގެ އެއްވެސް ދަރަންޏެއް އޮތްނަމަ ހުށަހަޅަން އަންގައިފި އެވެ.
އެމްއާރްއެމް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދަވާފައިވާ ސިޔާސީ ޕާޓީއެކެވެ. އެ ޕާޓީ އުވާލަން ނިންމާފައި ވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގައި ބުނާ ވަރަށް މެންބަރުން ހަމަކުރެވިފައި ނުވާތީއެވެ.
މިކަންހާމަކޮށް އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެމްއާރްއެމް އުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ޕާޓީގެ އެއްވެސް ދަރަންޏެއް އޮތްނަމަ އަންގަން ވަނީ އެދިފައެވެ.
މިގޮތުން އީސީން ވަނީ އެމްއާރްއެމްގެ ދަރަންޏެއް އޮތްނަމަ އެ ޕާޓީގެ އޮފީހަށް އަންނަ މަހުގެ 10 ގެ ކުރިން އަންގަން އެދިފައެވެ.
ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީއެއްގައި މަދުވެގެން 3،000 މެންބަރުން ތިބެންޖެހެއެވެ.