ފުރަތަމަ ފަހަރަށް ރާއްޖޭގައި ޤައުމީ ބަޑިޖެހުމުގެ މުބާރާތެއް ބާއްވަނީ

Loading

October 11, 2024
sandhaanu news
Facebook
Twitter
WhatsApp

ފުރަތަމަ ފަހަރަށް ރާއްޖޭގައި ޤައުމީ ބަޑިޖެހުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

އާންމުންނަށް ބައިވެރިވެވޭހެން ބާއްވާ މި މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އަދި މި މުބާރާތް ކުރިއަށްދާނީ އޯޕަން ކެޓެގަރީގެ އިތުރުން ޔޫތު ކެޓަގަރީ އާއި ޖޫނިއާ ކެޓަގަރީ ހިމެނޭހެންނެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ޝޫޓިން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެންބަރު އިސްމާޢީލް ޝަފީގު ވިދާޅުވީ މި މުބާރާތުގައި އާންމުންނަށް ބައިވެރިވެވޭނީ ވަކި މުއްދަތަކަށް ބޭއްވޭ ތަމްރީނުތަކަށް ފަހު ކަމަށެވެ.

އެގޮތުން މި މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ބަޑިޖެހުމަށް މީހާ މެންޓަލީ ފިޓުވާން ޖެހޭނެ ކަމަށާއި  މި ސޭފްޓީ އެކުލެވޭ ކުޅިވަރަކަށް ވާތީ މުބާރާތުގެ ކުރިން ޝޫޓިން އެސޯސިއޭޝަނުން ބާއްވާ ޕްރޮގްރާމުތަކުގައި ގަވާއިދުން ބައިވެރިވާން ޖެހޭނެ ކަމަށް އިސްމާޢީލް ޝަފީގު ވިދާޅުވެފައި ވެއެވެ.

މީގެ ކުރިން މުބާރާތްތަކުގައި ބަޑިޖަހައި އުޅުނީ ސިފައިންގެ ތެރެއިން ތަމްރީންވެފައި ތިބި ސިވިލް ކުދިން ކަމަށާއ ނަމަވެސް މިހާރު ސިފައިންގެ ތެރޭގައި މި ކުޅިވަރުގައި ހަރަކާތްތެރި ވަނީ އެންމެ ތިން ކުދިން ކަމަށްވެސް ޝަފީގް ވަނީ ވިދާޅުވެފައެވެ.

މިގޮތުން މި ޕްރޮގްރާމުގައި ސުކޫލުގައި ކިޔަވާ ދަރިވަރުންނާއެކު 90 އަށްވުރެ ގިނަ ކުދިން މިހާރު ތަމްރީނު ހަދަމުން އަންނަ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް