އެގާރަ އަހަރުގެ ދަރިވަރަށް 33،000"ނުރަނގަޅު" ޓެކްސްޓް މެސެޖް ފޮނުވި ޓީޗަރެއްގެ ޝަރީއަތް ފަށައިފި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ވިސްކޮންސިންގައި އުމުރުން 11 އަހަރުގެ ފިރިހެން ދަރިވަރަކަށް ޖިންސީ އަމަލުތައް ސިފަކޮށް ތެއްތިރީސްހާސް ޓެކްސްޓް މެސެޖް ފޮނުވި އަންހެން ޓީޗަރެއްގެ މައްޗަށް ދައުވާ ކޮށް ޝަރީއަތް ފަށައިފިއެވެ.

މިޝަރީއަތުގެ ޕްރެލިމިނަރީ އަޑުއެހުން ބާއްވާފައިވާއިރު، ޓީޗަރު ފޮނުވި ބައެއް ޓެކްސްޓް މެސެޖް ވަނީ މިއަޑުއެހުމުގައި އިއްވާފައެވެ.އަދި ހުޅުވާލެވިގެން ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި ޓެކްސްޓް މެސެޖް ތައް އިއްވަމުން ދިޔައިރު މެޑިސަން ބާގްމަން ނަމަކަށް ކިޔާ، އުމުރުން 23 އަހަރުގެ ޓީޗަރުން ލަދުން ހުރީ އިސްޖަހައިގެން ކަމަށް ވެއެވެ.

އޭނާގެ މައްޗަށް ”ފަސްޓް ޑިގްރީ ޗައިލްޑް ސެކްސް އެސޯލްޓް“ ގެ 10 ކަމަކަށް ދައުވާ ކޮށްފައިވެއެވެ.

ޓީޗަރު ބާގްމަން ކުއްޖާ އަށް ޓެކްސްޓް މެސެޖް ތައް ފޮނުވަން ފަށާފައިވަނީ މިއަހަރުގެ މޭމަހުން ފެށިގެން ކަމަށް ވެއެވެ.އަދި މަޑުމަޑުން މެސެޖްތައް ”ވަހުޝީ“ ވަމުން ގޮސް އެންމެ މައްޗަށް ގެންގޮސްފައި ވާކަމަށް ވެއެވެ.މިގޮތުން ތިރި ނިވާނުކޮށް ހުންނަ ކަހަލަ ”ޑްރެސް“ ތައް އޭނާ ގިނަގިނައިން ލަނީ ކުއްޖާ އޭނާގެ ފައިގައި ބީހުވަން ކަމަށް މެސެޖް ގައި ބުނެފައި ވާކަމަށް ވެއެވެ. ކުއްޖާ އާއި ޓީޗަރު އެތައް ފަހަރު ސްކޫލް ތެރޭގައި ލަންޗް ބްރޭކްގައި ނުވަތަ ސްކޫލް ނިމުމުން ”ފިޒިކަލީ“ ބައްދަލް ވެފައިވާ ކަމަށްވެސް ވެއެވެ.

މިކަމެއް ހިނގާކަން ކުއްޖާގެ މަންމަޔަށް އެނގުނީ ކުއްޖާ ފޯނުން ޓީޗަރާ ވާހަކަ ދައްކާއަޑު އިވިގެން ކަމަށް ވެއެވެ.އަދި އެހާހަމައިން ކުއްޖާގެ ފޯނު ބެލިއިރު ނުރަގަޅު ޓެކްސްޓް މެސެޖް ތައްވެސް ފެނި މައްސަލަ އިތުރަށް ބަލަން ފަށާފައިވެއެވެ.

ޓީޗަރު ބާގްނމަންގެ ވަކީލު ބުނާގޮތުގައި މެސެޖް ތަކުގައި ”ސެކްސް“ މިލަފްޒް ނުހިމެނެއެވެ.އެހެން ކަމުން ކުއްޖާއާއެކު ސެކްސް ގެ އަމަލެއް ހިންގިކަން މެސެޖް ތަކުން އެކަނި ސާބިތެއް ނުވެއެވެ. ނަމަވެސް ފަޑިޔާރުވަނީ މިއަޑު ނާހާ މެސެޖް ތަކުން ޖިންސީ ”މިސްކޮންޑަކްޓް“ ރަނގަޅަށް ސާބިތުވާކަމަށް ބުނެފައެވެ. އަދި ޝަރީއަތް ކުރިޔަށް ދާނެކަމަށް ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް