ކައިވެނި ޕާޓީތަކުގައި މިހާރު ނުނަށަނީ ކީއްވެކަން ޝާހު ބުނެދީފި

Loading

Facebook
Twitter
WhatsApp

ކައިވެނި ޕާޓީތަކުގައި މިހާރު ނުނަށަނީ ކީއްވެގެންކަން ބޮލީވުޑްގެ ސްޕަ ސްޓާރް ޝާހުރުކް ޚާން (58އ) ބުނެދީފިއެވެ.

ދާދިފަހުން ކަރަން ޖޯހަރާއި ވިކީ ކައުޝަލްއާ އެކު ކޯ ހޯސްޓްކުރި އައިއެފްއޭ އެވޯޑްސްގައި ޝާހުއާ ސުވާލުކޮށްފައި ވަނީ އޭނާގެ މަޝްހޫރު ކައިވެނީގެ ނެށުންތަކާ ގުޅޭގޮތުންނެވެ.

ކުރިން ވަރަށް ގިނައިން ވެޑިން ޝޯތައް ހަދަމުން ދިޔަ ކަމަށާއި އެކަމަކު މިހާރު އެ ޝޯތަކަށް ދިއުން ހުއްޓާލީ ކީއްވެތޯ ޝާހު ކުރެން ސުވާލު ކުރުމުން ޝާހު ވަނީ އެކަން ސާފުކޮށްދީފައެވެ.

މިކަމާ ގުޅިގެން ޝާހު ބުނީ ކުރިން އޭނާ ފެންނާނީ ކައިވެނި ކުރާ ފިރިމީހާގެ އުމުރުގައި ކަމަށާއި ނަމަވެސް މިހާރު، އޭނާގެ އުމުރަކީ ބަފައިބެގެ އުމުރު ކަމަށެވެ.

އެހެންކަމުން ހީވާ ގޮތުގައި މިހާރު އެފަދަ ޝޯތަކުގައި އޭނާ ހަރަކާތްތެރި ވެއްޖެނަމަ މީހުންނަށް ހީވާނީ ބައެއްގެ ކައިވެނީގެ ހަފްލާގައި އެތަނަށް ކޮންމެހެން ބޭނުންނުވާ ބޭކާރު މީހެއް އުޅޭހެން ކަމަށް ޝާހު ވަނީ ބުނެފައެވެ. އެހެންވެ މިހާރު އެ ޝޯތަކުގައި ހަރަކާތްތެރި ނުވާ ކަމަށް ޝާހު ވަނީ ބުނެފައެވެ.

ޝާހުގެ ވޯކް ފްރަންޓަށް ބަލާލާއިރު އޭނާ އެންމެ އަވަހަށް ފެނިގެންދާނީ އަންހެން ދަރިފުޅު ސުހާނާ ޚާން (24އ) އާއެކު ކުޅެން ހަމަޖެހިފައިވާ ސުޖޯއި ގޯޝްގެ ފިލްމެއް ކަމަށްވާ ”ކިންގް“ އިންނެވެ. މި ފިލްމު ރިލީސް ކުރަން ހަމަޖެހިފައި ވަނީ 2026 ވަނަ އަހަރުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް