ކަރަންޓު ބިލު ބޮޑުވާ ސަބަބުތައް ސްޓެލްކޯއިން ޓީމްތައް އެ ގޭބިސީތަކަށް ފޮނުވަނީ!

Loading

Facebook
Twitter
WhatsApp

މިދިޔަ މަހުގެ ކަރަންޓު ބިލްތައް ބޮޑުވެފައިވާ ގެތަކުގެ ހާލަތު ބަލައި، އޮޑިޓެއް ހަދަން ހާއްސަ ޓީމުތަކެއް ގޭގެ އަށް ފޮނުވަން ސްޓެލްކޯ އިން ނިންމައިފި އެވެ.

އިއްޔެ ބޭއްވި ޕްރެސްކޮންފަރެންސްގައި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، މިދިޔަ މަހު ވެސް ކަރަންޓު ބިލް ވަރަށް ބޮޑުވި ގެތައް ފާހަގަކުރެވިފައިވާ ކަމަށެވެ. ފަހުމީ ވިދާޅުވީ، މާލޭގެ ހަ ޕަސެންޓު ގޭބީސީ އާއި ހުޅުމާލޭގެ 15 ޕަސެންޓު ގޭބީސީގެ ކަރަންޓް ބިލް ބޮޑުވި ކަމަށެވެ.

”އަޅުގަނޑުމެންގެ ޓީމެއް ފޮނުވައިގެން އެޕާޓްމެންޓްތަކަށް ގޮސް ސްޓެޓިސްޓިކަލީ ބަލާނަން. އެޕާޓްމެންޓްތަކަށް ވިޒިޓް ކޮށްފައި އެނާޖީ އޮޑިޓެއް ހަދާނަން. އެ ތަންތަނުގެ ހާލަތު ބަލާނަން. އެ ތަންތަނުގައި ބޭނުން ކުރަނީ ކޮން ކޮން އާލާތްތަކެއްތޯ؟ އެޕާޓްމެންޓްގެ އިންސިއުލޭޝަން ހުރީ ކިހިނެތްތޯ ބަލާނަން،“ އޭނާ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ، މިދިޔަ މަހުގެ ކަރަންޓް ބިލް ބޮޑުވާން ޖެހުނީ ކީއްވެތޯ ދެނެގަތުމަކީ ސްޓެލްކޯ އަށް ވެސް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެނާޖީ އޮޑިޓަށް ފަހު އެކަންކަން ދެނެގަނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީ ވިދާޅުވި ގޮތުގައި، ސްޓެލްކޯއިން ކަރަންޓް ބިލް ހަދަނީ ރީޑިން އަށް ބެލުމަށް ފަހު އެވެ. ބިލް ކުރުމުގައި ސްޓެލްކޯއިން އެއްވެސް އޮޅުވާލުމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

”އެ ޝަކުވާތައް އައީމާ އަޅުގަނޑުމެންނަށް ވެސް ބޮޑުކަން ގަބޫލު ކުރެވޭ. އެހެން ނަމަވެސް ހުޅުމާލޭގައި އިތުރު ފެކްޓާއެއް އެބަ އުޅޭ. ބައެއް ތަންތަނަކީ 1،500 ސްކެއާ ފީޓުގެ އެޕާޓްމެންޓް. 2،000 ސްކެއާ ފީޓުގެ އެޕާޓްމެންޓް،“ އޭނާ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ، ކަރަންޓް ބިލްގައި މައްސަލައެއް އުޅޭ މީހުންނަށް އެނާޖީ އޮޑިޓެއް ހަދަން ރިކުއެސްޓް ކުރެވޭނެ ކަމަށާއި އެ ތަންތަން ވެސް ސްޓެލްކޯއިން ބަލާނެ ކަމަށެވެ.

މިިދިޔަ މަހުގެ ބިލްތައް ވެސް ބޮޑުވެގެން ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި ވެސް އެ މައުލޫމާތުތައް ހިއްސާ ކުރަމުންނެވެ.

މާލެ ސަރަހައްދުގައި 70،000 ގޭބީސީ އަށް ކަރަންޓު ހިދުމަތް ސްޓެލްކޯއިން ދެމުން އަންނައިރު، އެންމެ ޕީކް ވަގުތުތަކުގައި ކަރަންޓު ދޭ އަދަދު 100 މެގަވޮޓަށް އަރަ އެވެ. މި އަހަރުގެ އެންމެ ޕީކް ވަގުތުގައި ކަރަންޓު ބޭނުން ކުރި ވަރު 113 މެގަވޮޓަށް ވެސް އެރި އެވެ.

ސްޓެލްކޯ އިން ބުނިގޮތުގައި ކޮންމެ އަހަރު ވެސް އެވްރެޖުކޮށް ކަރަންޓް ބޭނުން ކުރާ ވަރު 8-10 ޕަސެންޓާ ހަމައަށް ވަނީ އިތުރުވެފަ އެވެ. ކުރިއަށް އޮތް އަހަރެއްގެ ތެރޭ ޕީކް ވަގުތުތަކުގެ ކަރަންޓު ބޭނުން ކުރާ ވަރު 120 މެގަވޮޓަށް އަރާނެ ކަމަށް ވެސް ސްޓެލްކޯ އިން ލަފާކުރެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް