އިންޑޮނޭޝިއާއިން "ގޯލްޑެން ވިސާ" ތައާރަފްކޮށްފި

Loading

Facebook
Twitter
WhatsApp

އިޤްތިޞާދު ކުރިއަރުވައި، އައިސްފައިވާ ހީނަރުކަން ފޫބެއްދުމަށްޓަކައި ބޭރުގެ އިންވެސްޓަރުންގެ ސަމާލުކަން ހޯދުމަށް އިންޑޮނޭޝިއާއިން ”ގޯލްޑެން ވިސާ“ގެ ނަމުގައި ދިގު މުއްދަތަކަށް ލިބޭ ވިސާއެއް ތައާރަފްކޮށްފިއެވެ. 

އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ބުރާސްފަތި ދުވަހު އިފްތިތާހު ކޮށްދެއްވި ވިސާއާއި އެކު، ބޭނުންވާ ފަރާތްތަކުން 5 އަހަރާއި 10 އަހަރާއި ދެމެދުގެ މުއްދަތަކަށް އެގަުއުމުގައި އުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިގޮތުން ދޭ 5 އަހަރުގެ ވިސާއަކީ، 2.5 މިލިއަން ޑޮލަރުގެ ކުންފުންޏެއް އިންޑޮނޭޝިއާގްއި ރަޖިސްޓްރީ ކުރާ ފަރާތްތަކަށްދޭ ވިސާއެކެވެ. އަދި 10 އަހަރު ދުވަހުގެ ވިސާ ދެނީ 5 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރާ ފަރާތްތަކަށެވެ. 

މީގެއިތުރުން، ކުންފުންޏެއް އުފައްދައި ވިޔަފާރި ފެށުމަށް ބޭނުންނުވާ ފަރާތްތަކުން 5 އަހަރުގެ ވިސާ ހޯދުމަށް 350،000 ޑޮލަރު އިންޑޮނޭޝިއާ ސަރުކާރަށް ދައްކަން ޖެހޭއިރު، 10 އަހަރުގެ ވިސާ ހޯދުމަށް 700،000 ޑޮލަރު ދައްކަން ޖެހެއެވެ. އަދި މިގޮތަށް ސަރުކާރުން ނަގާ ފައިސާ ބޮންޑުކުރުމަށާއި، ސްޓޮކް ގަތުމަށާއި، ޑިޕޮސިޓްގެ ގޮތުގައޮ ބެހެއްޓުމުގެ ހައްގު އިންޑޮނޭޝިއާގެ ސަރުކާރަށް އޮންނާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް