އިޒްރޭލުގެ އެއަރބޭސްއެއް ދައްކާލާ ވީޑިއޯއެއް ހިޒްބުއްލާއިން އާންމުކޮށްފި

Loading

Facebook
Twitter
WhatsApp

އިޒްރޭލުގެ ރަމަތް ޑެވިޑް އެއަރބޭސްގެ އެއަރ ޑިފެންސް ފެސިލިޓީތަކާއި، އުޅަނދުފަހަރާއި، ތެޔޮ ރައްކާކުރާ ގުދަންތައް ފެންނަ ވީޑިއޯއެއް ލުބުނާންގެ މުޖާހިދުންގެ ގުރޫޕެއް ކަމަށްވާ ހިޒްބުއްލާއިން އާންމުކޮށްފިއެވެ. 

އިޒްރޭލުގެ މި ބޭސްއަކީ، އިޒްރޭލުން ވެރިވެގަނެގެން އުޅޭ ސަރަހައްދުގެ ބޯޑަރުގެ 30 މޭލު ނުވަތަ 50 ކިލޯމީޓަރު އެތެރޭގައި އޮންނަ ބޭސްއެކެވެ. 

އާންމުވި ވީޑިއޯގައި ނިރުބަވެރި ސިފައިންގެ ދިފާޢީ ހާއްސަ އިމާރާތްތައް ފާހަގަކޮށް ބުނެދީފައިވާއިރު، އިޒްރޭލުގެ ޝޯޓް-ރޭންޖް އަޔަން ޑޯމް ޑިފެންސް ސިސްޓަމް ހުރިތަންވެސް ވަނީ ދައްކާފައެވެ. 

އެގޮތުން ހިޒްބުއްލާ އިން ބުނެފައިވާ ގޮތުގައި އަށް މިނެޓުގެ އެވީޑިއޯގެ ބޮޑުބަޔަކީ އަންގާރަ ދުވަހު ރިކޯޑު ކުރެވުނު ވީޑިއޯއެކެވެ. ރޭގަނޑުގެ ވަގުތެއްގައި ނަގާފައިވާ މަންޒަރުތަކެއްވެސް އެ ވީޑިއޯއިން ފެންނައިރު، ހިޒްބުއްލާއިން ބުނީ އެ މަންޒަރުތަކަކީ އޭގެ ތަންކޮޅެއް ކުރިން ނެގުނު މަންޒަރުތަކެއް ކަމަށެވެ. އަދި ހިޒްބުއްލާއިން ފޮނުވި ޑްރޯންއިން ރިކޯޑުކުރި ހުރިހާ މަންޒަރެއް އެ ވީޑިއޯގައި ހިމަނާފައި ނުވާކަން އެ ގްރޫޕުން ވަނީ ފާހަގަކޮށްފައެވެ. 

މި ވީޑިއޯއަކީ ހިޒްބުއްލާ އިން ވަރަށް މަތީ ފެންވަރެއްގައި އިޒްރޭލު ސަރވެލެންސް ކުރަމުން ގެންދާކަން ދެއްކުމަށްޓަކައި އާންމުކުރި އެފަދަ ތިންވަނަ ވީޑިއޯއެވެ.  މީގެ ފުރަތަމަ ވީޑިއޯ ފެންނަނީ އިޒްރޭލުގެ ޕޯޓް ސިޓީގެ ގޮތުގައި ބޭނުންކުރާ ހާއިފާގެ މަންޒަރުތަކެކެވެ. އަދި ދެން ނެރުނު ވީޑިއޯއިން ފެންނަނީ އިޒްރޭލުން ހިޞާރުކޮށްގެން ގެންގުޅޭ ގޯލަން ހައިޓްސްގެ މަންޒަރުތަކެކެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް