އެއަރބަސް އަދި ބޯއިންގް ފްލައިޓްތައް ރައްކާތެރިއެއްނޫން!

Loading

Facebook
Twitter
WhatsApp

އެއަރބަސް އަދި ބޯއިންގްގެ ފްލައިޓްތަކުގެ ރައްކާތެރިކަން ކުޑަވެފައިވާކަމަށް ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓުކޮށްފިއެވެ.

ފްލައިޓްތަކުގެ ބައިތައް ހެދުމަށް އަސްލު ޓައިޓޭނިއަމްގެ ބަދަލުގައި، ފަސޭހައިން ލިބެންހުންނަ އަގުހެޔޮ އެހެން މައުދަންތަކާއި، އަސްލުކަމުގެ ސެޓްފިކެޓް ނެތް، ކައުންޓަރފީޓް މައުދަންތައް ބޭނުންކުރާތީ އެއަރބަސް އަދި ބޯއިންގް ފްލައިޓްތަކުގެ ރައްކާތެރިކަން ކުޑަވެފައިވާ މައްސަލައެއް ޔޫއެސް އެއަރ ސޭފްޓީ ރެގިއުލޭޓަރުން ބަލަމުން އަންނަ ކަމަށް ފައިނޭޝަލް ޓައިމްސް އިން ރިޕޯޓުކޮށްފިއެވެ.

މިގޮތުން، މިމައްސަލަ ފެންމަތިވެފައިވަނީ ފްލައިޓްތަކުގެ ބައިތައް ހެދުމަށް ބޭނުންކުރި ދަގަނޑުން ”ކޮރޯޝަން ހޯލް“ ތަކެއް ފެނުމާއި ގުޅިގެން ނެވެ. އަސްލު ޓައިޓޭނިއަމްގައި މިފަދަ ލޯވަޅުތަކެއް ނޭޅޭނެއެވެ.

ރިޕޯޓުތައް ބުނާގޮތުންނަމަ، ރަޝިއާގެ ޓައިޓޭނިއަމް ދޫކޯށްލަން ޖެހުނު ކުންފުނިތަކުން އަސްލުނޫން، ދަށު ކޮލިޓީގެ ޓައިޓޭނިއަމް ބޭނުންކުރުމަށް ވަނީ މަޖުބޫރުވެފައެވެ. އަދި މިހާތަނަށް ފޭކް ޓައިޓޭނިއަމް ބޭނުންކޮށްގެން ހަދާފައިވާ ބައިތަކުން އުފައްދާފައިވަނީ ކިތައް މަތިންދާބޯޓުކަން ކަށަވަރުވެފައެއް ނުވެއެވެ. މިގޮތުން، ފޭކު ޓައިޓޭނިއަމް ބޭނުންކޮށްފައިވަނީ ފަސެންޖަރު ދޮރުތަކާއި، ކާގޯ ދޮރުތަކާއި، ފިއުޒްލޭޖާއި، އިންޖީނު ހޯޓް ޝީލްޑް ފަދަ މަތިންދާބޯޓުގެ އެހެން ބައިބައި ހެދުމަށްކަމަށް މައުލޫމާތު ލިބެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް