ޝަރީޢަތް ނިމެންދެން ބަންދު ނުކުރިޔަސް, މުޖުތަމަޢުއަށް ނުރައްކަލެއް ނެރެއެތައް ބަޔަކު ޖަލުގައި

Loading

Facebook
Twitter
WhatsApp

ފުލުހުން ބުނީތީ ނުވަތަ ޕީޖީން ބުނީތީ މުޖުތަމަޢުއަށް ނުރައްކަލެއް ނެތަސް ޝަރީޢަތް ނިމެންދެން ރައްޔިތު މީހާ ބަންދުގައި ބެހެއްޓުމުން ޖަމާޢަތަށް ލިބޭ ގެއްލުން މާ ބޮޑެވެ. ފުލުހުންނާއި ޕީޖީއިން ބުނާހައި ގޮތަކަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ޢަމަލު ކުރާކަށް ނުޖެހެއެވެ. އެހެނީ ފަނޑިޔާރުންނަކީ ނުފޫޒާ ބާރުން އެއްކިބާވެގެން މުސްތަގިއްލު ބަޔަކަށްވީތީއެވެ.

ޝަރީޢަތުން ރައްޔިތެއްގެ ހައްގަށާއި އޭނާގެ ޢާއިލާގެ ޙައްގަށް ބެއްލެވުމެއްނެތި, އެމީހަކު ބަންދުގައި ބަހައްޓައިފިނަމަ, އެކަމުގެ ސަބަބުން އެމީހެއްގެ ޢާއިލާއަށާއި މުޖުތަމަޢުއަށް ލިބޭ ގެއްލުންތަކުގެ ޒިންމާ ފަނޑިޔާރު ނަންގަވަން ޖެހޭނެއެވެ. އަދި ވާނުވާ ޖަހައި މީހަކު ބަންދުގައި ބަހައްޓާފައި ހުއްޓާ އެމީހަކު މަރުވެއްޖެނަމަ އެކަމުގެ ޒިންމާ ވެސް ފަނޑިޔާރު ނަންގަވަންޖެހޭނެއެވެ.

ދެކުދީންނާއި ނުކުޅެދޭ މަންމަޔަކާއި އަނބިމީހާ ބަލަހައްޓަމުން އަންނަ ރައްޔިތު މީހާ ޝަރީޢަތް ނިމެންދެން ބަންދުގައި ނުބަހައްޓައިފިނަމަ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިދާނެކަމަށް ފަނޑިޔާރު ވިދާޅުވެ އެމީހަކު ވާނުވާގައި ބެހެއްޓުމުގެ ސަބަބުން ޖަމާޢަތަށް ގެއްލުންވަމުންދާނަމަ, އެކަމުގެ ޒިންމާވެސް ނަންގަވަންޖެހޭނީ ފަނޑިޔާރު މަނިކުފާނެވެ. ބަންދުކުރި މީހާގެ ކުޑަކުޑަ ދެކުދީންނާއި އަނބިމީހާއަށް ޚަރަދުކޮށް ބަލަހައްޓާން ހުރި ރައްޔިތުމީހާ ބަންދުގައި ބަހައްޓައިގެން ޝަރީޢަތް ނުނިމި ހަ އަހަރު ނުވަތަ ފަސް އަހަރުވެފައިވާ އެތަކެއް ރައްޔިތުން އެތީބީ އަދިވެސް ވާނުވާގައެވެ. އެހެންކަމުން މި ދެންނެވި ދެ ކުދިންގެ ބައްޕަ ނެތުމާ ގުޅިގެން ކުދިން ބަނޑަށްޖެހި މައިލަގޮނޑިއަށް ކެތް ނުވުމުން ބައެއް ހާލަތްތަކުގައި މައިންނަށް މަޖުބޫރުވަނީ ޮކޮންމެވެސް ނޭދެވޭ ކަމެއް ކޮށްގެން އެކުދީންގެ ބަނޑުފުރާނަ މުއްތިކުރުމަށެވެ.

މިފަދަ ކަންކަމަށް އެ އަންހެންމީހާ އަރައިތުމުގެ މަގު ކޮށްޓަވައި ދެއްވީ ފަނޑިޔާރު މަނިކުފާނެއެވެ.

އޭގެ އިތުރުން ދެކުދިންގެ ކިޔެވުމުގެ ފުރުސަތު ގެއްލި އެދެކުދީން ވައްކަން ކުރަން ފަށައިފިނަމަ ފަނޑިޔާރު ކުރި އަމުރެއްގެ ސަބަބުން އެ ދެކުދިންގެ ބައްޕަ ވާނުވާގައި ހުއްޓާ 6 އަހަރު ފުރިގެން ދިޔައިރު ދެކުދީންގެ ތެރޭގައި ހިމެނޭ 12 އަހަރުގެ އަންހެން ދަރިފުޅު ވެސް އެވަނީ މަގުން ކައްސައިލައި ނޭދެވޭ އަމަލުތައް ކުރަން ފަށާފައެވެ.

ކޮންމެވެސް ބަޔަކު މިކަމުގެ ޒިންމާ ނަގަން ޖެހޭނެކަން ޔަގީންތާއެވެ. މިގޮތުގެ މަތީން ނުކުޅެދުންތެރިކަންހުންނަ ފަރާތްތައްވެސް ވާނުވާގައި ތިއްބާ އެވަނީ މަރުވެ ގޮސްފައެވެ.

އިސްލާމީ އުންމަތެއްގެ ތެރޭގައި އަނިޔާވެރިވުމަކީ މުޖުތަމަޢުއަށް ރައްކާތެރި ގޮތެއް ނޫންކަން ހެޔޮވިސްނޭ ކޮންމެ އިންސާނަކުވެސް ގަބޫލު ކުރާނެއެވެ.

އަމުރެއް ނެރުއްވުމުގެ ކުރިން ފަނޑިޔާރު ވިސްނާންވާނީ އެ ކުރެވޭ އަމުރަކީ އިންޞާފުވެރި އަމުރެއްތޯ ކަށަވަރު ކުރުމަށެވެ. މިދުނިޔެއަކީ ދާއިމަށް ދިރިތިބެވޭނެ ދުނިޔެ އެއްނޫނެވެ. އެހެންކަމުން މާތްރަސްކަލާނގެ ދަރުބާރުގައި ކޮޅަށް ތިބެންޖެހޭ ދުވަހާމެދު ވިސްނާ ވަޑައިގެން އިންސާނުންގެ މައްޗަށް ބޭ އިންޞާފު އަމުރު ނުނެރުމަށް އިލްތިމާސް ކުރަމެވެ.

ވާނުވާ ޖަހައި ދިވެހި ރައްޔިތުން ޖަލުގައި ބަންދުކޮށްގެން ޝަރީޢަތްނުކޮށް ތިޔަ ތިއްބަވަނީ ކޮން ހަމަޔަކުން ހެއްޔެވެ. މާލޭގެ ކޯޓުތަކުގައި ޖާގައިގެ ދަތިކަމާއި ވަސީލަތް ނެތިގެން ޝަރީޢަތް ކުރެވެން ނެތްކަމަށް ވަންޏާ ވާނުވާ ޖެހުން އުވާލައްވާ މާލޭބަންދަށް ވާނުވާގެ ބަދަލުގައި ނެރެދެއްވާށެވެ. އޭރުން ވެސް މުޖުތަމަޢު އޮއްސަމުންދާ ކަރުނައިގެ ފޮދުވަރުތަކަށް ލުއިމަގެއް މިންވަރު ކުރައްވަފާނެތާއެވެ. މިއީ ޖަމާއަތަށާއި އިސްލާމީ އުންމަތަށް ފަނޑިޔާރުންގެ ސަބަބުން އުފުލަން މަޖުބޫރު ކުރުވި ބޮޑެތި ފާފަތަކެވެ މައްސަލަ ނުނިމެނީ ކޮން ޖާގައެއް ނެތިގެން ނުވަތަ ކޮން ވަސީލަތެއް މަދުވެގެން ތޯއެވެ.

ފޮޓޯ: ވީ ނިއުސް

Loading

3 Responses

  1. Very good miraahje akee hamaeh lamaeh neh thaneh verinna fadiyaarun three ebaimeehunge dhauru nimenvairah geebthah furaynegoeh thakakah visnavisaa

  2. ޝަރީއަތް ނުހިންގާ އިންސާނުން ކޮށި ކޮށީގައި ބަންދުކޮށްފާ ބެހެއްޓުމީ ނިރުބަވެރި ޢަމަލެކެވެ. ހެޔޮވަނީ ކިހިނަކުންތޯއެވެ. ކޮންމެ މީހަކަށް ވެސް އިޙްސާސް ވަނީ އެމީހެއްގެ މީހަކަށް އެހެން ހަދާލުމުންނެވެ.

  3. pj vakeelun bunaagothuh gaazeen ge nimun annaanee.. gaazeen nuh pj vakeelun nuruhey gothuh baheh ves bunun nukereyne thee pj meehungepupet thakeh noonee dulookee mahssala husha alhaa hoonu fenun laane ..pj meehun thibenee vakeelun blackmail kohffa

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް