މަސްޖިދުއްރަޝީދުގައި ޢާންމުކޮށް ނަމާދުކުރަމުން އައި މީހުން އެ މިސްކިތަށް ނަމާދަށް އެރުން ހުއްޓާލައިފި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގައި އާރުސީސީ ކޮމްޕެނީގެ ފަރާތުން ކާނަލް މުޙައްމަދު ނާޒިމްގެ ލޮބުވެތި ބައްޕާފުޅު އަލްމަރުޙޫމް ޢަބުދުއްރަޝީދުގެ ނަންފުޅުގައި ޢިމާރާތް ކޮށްފައިވާ މަސްޖިދުއްރަޝީދުގައި ނަމާދުކުރަން ފެށީއްސުރެ އެމިސްކިތުގައި ނަމާދުކުރަމުން އައި އެސަރަޙައްދުގެ އެންމެން އެ މިސްކިތުގައި ނަމާދު ކުރުން ހުއްޓާލައިފިއެވެ.

މިކަމާ ބެހޭގޮތުން ކުރިން އެ މިސްކިތުގައި ނަމާދު ކުރި އަދި މިހާރު އެމިސްކިތުގައި ނަމާދު ނުކުރާ މީހަކާ ސުވާލު ކޮށްލީމެވެ.

އޭނާ ވިދާޅުވީ އެ މިސްކިތުގައި ނަމާދު ކުރުން ހުއްޓާލީ އެ މިސްކިތުގައި ޖަހާފައިވާ މުށިތަކުގައި އޮރިޔާން ސިފަވާފަދަ ކުރެހުންތަކެއް ހުރިކަން ފާހަގަ ކުރެވުނު ހިސާބުން ފެށިގެން ކަމުގައެވެ.

މިކަން ފާހަގަވުމާއެކު ކާނަލް ނާޒިމުގެ އަރިހުގައި އެ ވާހަކަ ދެންނެވި ކަމަށާއި އަދި އެކަން ރަނގަޅު ކޮށްލާނޭކަމަށް ނާޒިމް ވިދާޅުވިކަމުގައި އޭނާ ވިދާޅުވިއެވެ. އެހެނަސް ނާޒިމް ކަންތައް ކުރެއްވީ އިޚުލާޞްތެރި ނިޔަތެއްގައި ނޫން ކަމަށާއި އެ މިސްކިތުގެ ގްރައުންޑު ފުލޯގައި ޖަހާފައިވާ މި ދެންނެވި ތަށިމުށި ނުނަގައި އޭގެ މަތީގައި ނެވިލޯން ފަށަލައެއްލާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ދެބުރިއަށް ޢިމާރާތް ކޮށްފައިވާ މަސްޖިދުއްރަޝީދުގެ މަތީގެ ދެ ފުލޯގެ ތަށިމުށި ހުރީ ކުރިން ވެސް ހުރި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި އެ މިސްކިތުގެ ގްރައުންޑް ފުލޯގައި ނަމާދު ކުރައްވާ އިމާމް ހުންނަވަނީ ބޮޑު ބުދެއްގެ މަތީގައި ހުންނަވައިގެން ކަމަށާއި ނެވިލޯން ފަށަލައިގެ އަރިމަތީގައި މިހާރު ވެސް ލޯ ފާޅުވާ ގޮތަށް ކުރަހާފައިވާ ކާޓޫނު ބުދު ސިފަވާން އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ބެހޭގޮތުން އިސްލާމިކް މިނިސްޓްރީގައި ޝަކުވާ ދަންނަވާފައިވާނެ ކަމަށާއި އެހެނަސް އެ މިނިސްޓްރީއިން އަޅުގަނޑުމެން ދެންނެވި ދެންނެވުމަށް ދެއްވީ ބީރުކަންފަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމާދަކީ ކުޅޭކުޅޭ ކުރިވަރެއް ނޫންކަން ބަޔާން ކުރައްވައި ބުދު ކުރަހާފައި ހުރި މިސްކިތެއްގައި ނަމާދު ކުރުމަކީ ޙަރާމްކަމެއް ކަމަށާއި އެއީ ބޮޑު ފާފައެއްކަން ނަބިއްޔާގެ ޙަދީޘް ފުޅުން ސާބިތުވާން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މަސްޖިދުއްޟިރާރު ހުޅުވައި ދެއްވުމުގެ ދަޢުވަތު ނަބިއްޔާއަށް ލިބިވަޑައިގަތުމުން އެކަމުން މަނަޢަވެވަޑައިގަތުމަށް މާތް ރަސްކަލާނގެ ވަޙީކުރެއްވި ކަމަށާއި އެންމެ ފަހުން އެ މިސްކިތް ތަޅައި ސުންނާފަތިކޮށް ބިންގަލުން ފެށިގެން އެއްކޮށް ސާފުކުރެއްވިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މަސްޖިދުއްރަޝީދުގައި ނަމާދު ކުރުމަކީ ބޮޑު ޝިރުކެއް ކަމަށާއި އެ މިސްކިތުގައި ކުރާ އެއްވެސް ނަމާދެއް މާތް ރަސްކަލާނގެ ގަބޫލު ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންމެ ހުކުރު ދުވަހަކު އެމިސްކިތް ފުރޭކަމަށް ދެންނެވުމުން އޭނާ ވިދާޅުވީ ހުކުރުދުވަހު ހުކުރުނަމާދަށްދާ ގިނަ މީހުންނަކީ ޢާންމުކޮށް ނަމާދު ކުރާ މީހުން ނޫން ކަމަށާއި އެމީހުންނަކީ ހަމައެކަނި ހުކުރުނަމާދަށްދާ މީހުން ކަމަށްވުމުން އެމިސްކިތުގެ ޙަގީގަތް އެމީހުނަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފޮޓޯ: މިހާރު

Loading

15 Responses

  1. މީ ބުހުތާނު ދުގު. މި ކަމާ އުޅެނީ އެންމެ މީހެއް. ނަމާދައް ނާރަނީވެސް އެންމެ މީހެއް. އަދި އެއީ މުޅިން ބޯހަމަ ޖެހޭ މީހެއް ނޫން. އެއީ ހަސަން ނަމަކަށް ކިޔާ ސްޓެލްކޯގައި މަސައްކަތް ކުރަމުން އަންނަ މީހެއް

  2. ތިޔަ ނަމާދަށްދާ މީހާވެސް އޮރިޔާން ނިވާކުރަން ހެދުމެއްލައިގެން މިސްކިތަށް ދިއުމަކީ ހެޔޮ ނިޔަތެއްނެތުން ނޫންބާ. އުފުރާލާފައި ގޭބައި ބާއްވާފަތާ ދާންވާނީ.

    1. Alislaam ibunu Thaimiyyaa ge. fathun vaa balaa dh a skuraashey boagohee stelco gai masakkay kuraa hassan thoa magical liyuvvi hilmy thoa e hilmee akee rasoolaagr hadheeth dhanna meeheh noon

  3. މިވާހަކަ ނޫހަށް ދޭނެ ކަމަށް ލަފާކުރެވޭ މީހާ ބުނި އޭނާއަށް އެއީ ބުދެއްކަމަށް މާތް الله އޭނާ އަށް އިލްހާމް ކޮށްދެއްވިއްޔޯ! ދެން ކީކޭދޯ ބުނާނީ އިތުރަށް. އަދި މޮޅުކަމަކީ އެބުނާ ބުދެއްކަން އޭނާ އަށް ރެޔަކާލީ އެއް އަހަރު ދުވަސް ވަންދެން އެ މިސްކިތުގައި ނަމާދު ކުރި ފަހުން. ބުދެއް ނަމަ ފުރަތަމަ ދުވަހު އޭނާ އަށް ނޭންގުނީ ކީއްވެގެންތޯ؟ މި ވަގުތުވެސް ހުޅުމާލެއިން އެންމެ ގިނަ ބަޔަކު ނަމާދު ކުރަމުންދާ މިސްކިތަކީ މަސްޖިދުއް ރަޝީ. އެކަން ބުދު ހަސަނު ކިޔާ ހޭ ދެބައި ވެފަ ހުރި މީހަކަށް ނޭންގިގެމް ފިތުނަ އުފައްދަމުން ދުވާތާވެސް މި ވަނީ އަހަރެއް.

  4. މިމިސްކިތުގައި ކުރަާ ނަމާދު ގަބޫލު ނުކުރައްވާނެކަން ކިހިނެއް އިންސާނަކަށް އެނގޭނީ.

    1. އެގޮތައް ޚިޔާލު ފާޅުކުރިކމަށް ބެލެވެނީ ރަޝީދު މިސްކިތުގައި ޖަހާފައި ހުރި މުށިތަކުގައި ބުދުކުރަހާފައި ހުރިކަމަށް ބުނިމީހާއެވެ ދުވަސްކޮޅެއް ވަންދެން އެމިސްކިތައް ނާރާ ހުރެފަ އެމިސްކިތައް އަރަމުން ބުނީ އިސްލާމިކު މިނިސްޓްރީން އެކަމާ އަޅާނުލީ ދީނުގައި އެއީ މައްސަލަަކަށްނުވާތީއޭ ޔާﷲ އޭނާގެ ހިއް ސާފުކޮށް ދެއްވާދޭނ ރަޝީދުމިސްކިތުގައި ޖަހާފައި އެރަ މުށިތަކުގައި އެހަރީ ބުދު ކުރަހާަައި

      1. Saeed
        ޙިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެނީ އިންސާނުންގެ ކަރާމަތަށް އަރައިގަނެވޭ ގޮތަކަަށްނޫނެވެ. އެކަން ހަނދުމަ ފުޅުގައި ބަހައްޓަވާނެ ކަމަށް އުންމީދު ކުރަމެވެ. އެވެރިން އެހެން ބުނާތީ އަހަރެންވެސް އެމިސްކިތުގެ ގުރައުންޑުފުލޯއަށް އަރާ ވަރަށް ބެލީމެވެ. އެހެނަސް އެބުނާ ބުދެއް ސިފައެއް ނުވިއެވެ. އެވާހަކަ ނޫހުގައި ލިޔަން ޖެހުނީ ރަސްމީފަރާތަކުން އޭގެ ޙަގީގަތް ހަމަކޮަށް އެފަރާތްތަކަށް އަންގައިދޭތޯއެވެ.

  5. މަސްޖިދުއް ރަޝީދުގެ ވާހަކަ މިނިސްޓްރީން ބީރުކަންފަތެއް ދިނީ މިވަގުތު އިމާމުން ޓްރޭނިންގަ އަދި އެމީހުންގެ މަހާސިންތާ
    ކަންކަމުގަ އުޅުމާއި ހުކުރު ހުއްދަ ކަންތަކާ އުޅެންޖެހޭތީވެ އަދި އެނޫންވެސް ބޮޑެތި މަސައްކައް ތައް މިނިސްޓްރީން ކުރަމުން
    ދާތީވެ.

    1. ތިނޫނަސް ރާއްޖޭގެ މާލޭގެ މިސްކިތް ތަކުގައި އެފަދަ ކުރެހުންތައް
      ހުރެގެން އެމިސްކިއްތައް އިސްލާމިކު މނިސްޓުރީން ބަންދު ކޮށް ރަގަޅުކުރޭ ނަމަވެސް ރަޝީދު މިސްކިތުގައި އެހައި ފާޅުކަން ބޮޑުކޮށް އެގޭވަރަށް ބުދުކުރަހާ ފައި ހުރެގެން މިނިސްޓްރީން ބީރު ކަން ފަތް ދިނުމަކީ ދީނުގައި އެކަން ހުއްދަ ކުރެވޭނެ ކަމެއްނޫ ދެން ކީއްވެތޯ ފުއްމަފުއްމައިގެންދާ ޔަހޫދީ ކަލޭ އެކަން ހުއްދަކުރަނީ

    2. ިޭ ދބައި ވެފަިވާ މީހާއަކީ ރަޝީދުމިސްތުގެ މުށިތަކުގައި ކުރަހާފައި ހުރި ބުދުތައް ބަލާ ދުވަސްކޮޅެއް ވަންދެން ެމިސްކިތައް ނާރާ ހުރެފައި އެކުރެހުންްތަކުގެ ސަބަބުން 1000 ސަވާބު ލަބޭނެކަމަށްހީކޮށް އެމިސްކިތައް އަރަމުން ބުނަމުން އަންނަނީ އިސްލާމިކުމިނިސްޓްރީން ބީރުކަންފަތް ދެނީ އެކަމުގާ އެއްވެސް މައްސަލައެއް ނެތީމައެވެ އެމނާފިގު ކަލޭގެ ހިތުގައި އެވަނީ މުނާފިގު ކަމުގެ ސިއްކަޖެހިފައެއްނޫންތޯއޭ

  6. ފުލޯކުމޭން ބުނެފައި ވާގޮތުން ސްޓެލްކޯ މަސައްކަތް ކުރާ ހަސަނުގެ ހިތަައް އިލްހާމު ނަޔަސް އޭނަގެ ދެލޮލުން ފެންނަންޏާ އެވާހަކަ ބުނެވޭނެ އެގޮތުން ލިއާ މީހާ އަށްވެސް އެ ރަޝީދު މިސްކިތުގައި ޖަހާފައި ހުުރި މުށިތަކުގެ ހުރި ކުރެހުންތަކުން އަންހެނަކާއި ފިރިހެނެއްގެ ސިފަ ފެނެއެވެ. މިކަމާ އިސްލާމިކު މިނިސްޓްރީން އަޅާނުލުމަކީ އެކަމާ މިނިސްޓްރީން އެއްބާރުން ދޭކަމުގެ ދަލީލެކެވެ.

    1. ސައީދު ޚިޔާލު 17ޖިލައި ކަޑައެޅިގެން ދޮގެއް މުށިތަކުގެ ހުރިކުރެހުން ފެންންއްޏާ އަހަރު މެންގެ ވަރަށް ގިނަމީހުންގެ ދެލޮލަށް ފެނޭ ހެޔޮ ނުވާނެ ތިހެން ބުނަން

    2. ރަޝީދު މިސްކިތުގައި ޖަހާފައި ހުރި މުށި ފެންނައްޏާ އެމުށި ތަކުގައި ކުރަހާފައި ހުރި ބުދު ފެންނާނެ އަހަރެ މެންގެ ޮތައް ބަޔަކަށް ފެނޭ ނުފެނެޔޭ ބުނާ މީހުންނަކީ ެކަން ގަބޫލު ނުކުރާ މީހުން އެކަން އެމީހުންނަށް ނިކަން ހުރެއެގޭނެ

  7. ތިޔަކަން އެގޭނެ ދުވަހެއް އެބައޮތް އެއީ ރަޝީދު މިސްކިތުގައި އެހެރީ ސީދާ ބުދު ކުރަހާފައި މީހުންގެ ނިތްކުރި ޖެހޭ ގޮތައް އިމާމު ނިތްކުރި ޖަހަނީ އެއްމެ ބޮޑު ބުދު މައްޗަށް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް