ހިޖުރީގޮތުން 1445 އަހަރު ފުރުނުއިރު މުސްލިމުންގެ ވިސްނުމަށް އައި ބަދަލު

Loading

Facebook
Twitter
WhatsApp

ހިޖުރީގޮތުން 1446 ވަނައަހަރު ފެށިފައިމިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. މީގެ 1445 އަހަރު ކުރިން ހިޖުރީ ތާރީޚު އުފަންކުރުވި އިސްލާމީ އުންމަތުގެ 2 ވަނަ ޚަލީފާ އުމަރުގެފާނުގެ ބައެއް ސިޔާސަތުގެ މައްޗަށް ތާރީޚީ އިލްމުވެރިން ވެފައިވާ އިޢުތިރާފުތަކަށް ވަރަށް ޚުލާސާ ގޮތެއްގައި ނަމަވެސް ބަލާލުން ބޭނުން ކަމުގައި އަޅުގަނޑު ދެކެމެވެ.

ސުރުޚީގައި ބުނެފައިވާ ފަދައިން މިހާތަނަށް އައިއިރު އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމަށެވެ. ފާހަގަ ކުރެވޭ ނުރަނގަޅު ކަންތައްތައް އިސްލާޙް ކުރުމަށްޓަކައެވެ.            

 މި ލިއުމަކީ ދީނީ މަޢުލޫމާތު ތަކެއްގެ މައްޗަށް ބިނާކޮށް ލިއަމުން ގެންދާ ލިއުމެއް ނޫންކަމާއި ހަމައެކަނި ތާރީޚީ ގޮތުން އެނގެންހުރި ބައެއް ހެކިތަކުގެ މައްޗަށް ބިނާކޮށް ލިޔަމުން ގެންދާ ލިއުމެއްކަން ސަންދާނުގެ ކިއުންތެރިންނަށް ދަންނަވާލަން ބޭނުމެވެ.                                             

ކިއުންތެރިންގެ މަޢުލޫމާތަށްޓާކައި އެންމެ ފުރަތަމަ މި ދަންނަވާލަނީ އިންޑިއާ ބައްރުގައި އިނގިރޭސީންގެ އިސްތިޢުމާރީ ބާރު ފެތުރުފައި އޮތް ޒަމާނުގެ ޙާދިސާއެކެވެ. ދާދިފަހުގެ ޙާދިސާއެކެވެ.  އިސްތިއުމާރޭ ކިއުމަށްވުރެން މާބޮޑަށްވެސް މުނާސަބު ލަފުޒަކީ ދިވެހި ބަހުގައި ބޭނުންކުރާ “ އަޅުވެތިކަން “  އެވެ.

ސަބަބަކީ އިސްތިއުމާރު ކޮށްފައިވާ ގައުމުތަކުގެ ރައްތިޔުންނާއި ދޭތެރޭ އިނގިރޭސީން އަމަލު ކޮށްފައިވަނީ އެއީ އަޅުންކަމުގައި ބަލައިގެން ކަމަށް ދުނިޔޭގެ ތާރީޚު އިއްތިފާގު ވެފައިވާތީއެވެ. ގައުމުތަކުގެ ރައްޔިތުން ރޭގަނޑު ދަންވަރު ޢާއިލާއާއި ވަކިކޮށްގެން ހަތަރެސްފައިގާ ހިލިހިލާ ޖަހައިގެން ބަލްކް ކެރިއަރެއްގެ ފަލްކާއަށް ގޮދަން ބަރުކުރާ ބީދައިން ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ވަތަށް އޮއްސާލައިގެން ގެންދަނީ އިނގިރޭސި ދައުލަތުގެ ކުރިމަތީ ކުރުނީސްކުރުން ނޫން އެހެން ގޮތެއް އެމީހުންނަށް ނޯންނާނެކަން އެނގޭތީއެވެ.                                        

އިނގިރޭސީންގެ ބާރުގެ ދަށުގައި އިންޑިއާ ބައްރު އޮތް ދުވަސްވަރު ލާހޯރުގައި އިނގިރޭސީންނާއި ދެކޮޅަށް ހިނގި ދެކޮޅުވެރި ކަމެއްގައި “ މިއަދު އަހަރެމެން މުޒާހަރާއަށް ގެތަކުން ނިކުމެއްޖެނަމަ ކަލޭމެން ޗަންގީޒްޚާން މަތިން ހަނދާންކުރަން ޖެހޭނެއޭ ބުނެ ސައިޒަށް ކަނޑާލާނެކުމުގެ ހަރުކަށި ޝުއޫރުތައް ފާޅުކުރުން “  ދޭހަކޮށްދޭ ޢިބާރާތްތަކެއް ލާހޯރުގެ ރައްޔިތުން ބޭނުންކުރަމުން ގެންދިޔަ ކަމަށްވެއެވެ.                     

އެހިނދު އެތާނގައި ހުންނެވި އިންޑިއާގެ މިނިވަންކަމަށް ޖިހާދު ކުރެއްވި އެންމެ އިސް އަބުތާލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޖަވާހަރްލާލު ނެހްރޫ  ލާހޫރުގެ ރައްޔިތުންނާ މުޚާތަބް ކުރައްވާ ހިނިފުޅުވެޑުވުމާއެކު ވިދާޅުވި ކަމަށްވެއެވެ. “ މިއަދު ކަލޭމެން މުސްލިމުން ޗަންގީޒްޚާނުގެ ނަމުގައި އިނގިރޭސީންނަށް ބިރުދައްކަން މަސައްކަތްކުރާއިރު ކަލޭމެންގެ އުންމަތުގެ 2 ވަނަ ޚަލީފާގެ މަތިން ކަލޭމެން ހަނދާންނެތުމަކީ އިނގިރޭސީން އަޅުވެތިކަމަށް ވުރެން މާބޮޑު ނިކަމެތި ކަމެކެވެ.

މިއަދު ދުނިޔޭގެ އެންމެ އުމަރުގެފާނަކު ހުންނެވި ނަމަވެސް މި ބިންމަތީގައި އަނިޔާވެރިކަމާއި ނާއިންސާފަށް ކުޑަވެސް ޖާގައެއް ނުލިބުނީސްކަން މިއީ ޣައިރު މުސްލިމުންވެސް ޢި އުތިރާފުވަމުންދާ ހަގީގަތެކެވެ ”.                                                  

ވަރަށްބޮޑު ތެދުފުޅެކެވެ! އަޅުގަނޑުމެންގެ ވިސްނުން މިއޮތީ 180 ދަރަޖައިގެ ހާފް-ޓާނެއް ނަގާފައެވެ. އެމެރިކާއާއި ނޭޓޯގެ ރައްކާތެރިކަން ނެތި ދިރި ދުނިޔޭގައި ނުތިބެވޭނެކަން ގަބޫލުކުރުވާފައެވެ. ޔުނައިޓެޑް ނޭޝަންސް ނެތްނަމަ ދުނިޔޭގައި ޢަދުލު އިންސާފުގެ ނިޒާމް ގާއިމްވެފައި ނެތީހެވެ. ޑިމޮކްރެސީއާއި ނުލައި ރައްޔިތުންނަށްޓަކައި ވެރިކަން ކޮށްދެވޭނެ މަގެއް ނެތީހެއްޔެވެ.                                                     

ޙަގީގަތާއި މެދު އަޅުމެން ޣާފިލުކޮށްލާފައި މިވަނީ އަނބުރާ ސަލާމަތުގެ އައްސޭރިއަކަށް ނާދެވިދާފަދަ މިންވަރަކަށެވެ. މަދަރުސާތަކުގައި ކިޔަވާދޭ ފިލާވަޅުތަކަށް ނަޒަރު ހިންގަވާލައްވާށެވެ. ޢިލްމުވެރިންގެ ދަރުސްތަކަށް ދިރާސާކޮށްލައްވާށެވެ. އަޅުގަނޑުމެންގެ މިސްރާބު ކަނޑައަޅާފައި ވަނީ ސަމުގާއަކުންތޯ ނުވަތަ އަޅުގަނޑުމެން އޮޔާ ދަނީތޯ ދެނެގަނެވޭނެއެވެ.                                                    

އަޅުގަނޑުމެންގެ ރާއްޖެއަށް ވިސްނާލާއިރު މިއަދުގެ އެންމެ ހޫނު ސުރުޚީއަކީ ގައުމު ދަރަނިވެރި ވުމުގެ މައްސަލައެވެ. ސިޔާސީ މަގާމުތައް ގިނަވެ ގައުމުގެ އާންމު ރައްޔިތުންނަށް ލިބެން ނުޖެހޭ ގިނަ ޚިދުމަތްތަކެއް އަމިއްލައަށް ގާނޫނާއި ގަވައިދުތައް ހަދައިގެން އެމީހުން ލިބިގަންނަމުން ދާއިރު ގައުމުގެ ވަލިއްޔުލް އަމްރުގެ ބާރެއް ނެތްކަހަލައެވެ.

މިޙާލަތު އަތުވެދާނެ ކަމަށް ބައްލަވައި އުމަރުގެފާނުގެ ޚިލާފަތުގައި ސަފީރުންވެސް އަގުބޮޑު ހެދުން ނުލުމާއި ރައްތިޔުންނަށް ވުރެން މޮޅުކާނާ ނުކެއުމާއި ޝިކާޔަތަކާއިގެން އަންނަމީހާއަށް ގޭގެދޮރު ބަންދު ނުކުރެއްވުމާއި މިކަހަލަ ގިނަ އަމުރުތަކެއް ކުރައްވައި އެ އަމުރުތައް ތަންފީޒުކުރެއްވި ކަމަށް ތާރީޚުގައި ފާހަގަކޮށްފައި ވެއެވެ. ދިވެހިންނަށް ލިބިދިން ޑިމޮކްރެސީ އޮތީ މިގޮތަށްތޯ ބައްލަވައި އިސްލާޙް ކުރަން ނުޖެހޭތޯއެވެ.                             

ގައުމުގެ ރައްޔިތުން މިއަދު އަދާކުރާނެ ވަޒީފާއެއްނެތި ވަރަށްދަތި ނިކަމެތި ޙާލުގައި ދިރިއުޅެމުން ދާއިރު ގައުމުގައި ލިބެންހުރި ވަޒީފާތައްވެސް ބިދޭސީންނަށް ނޫނީ ނުލިބޭ ކަހަލަގޮތަކަށް ނިޒާމު ހަމަޖައްސާފައި ވާއިރު އުމަރުގެފާނު ވިދާޅުވެފައިވަނީ ނީލަކޯރުގެ އައްސޭރީގައި ފެންނުލިބިގެން ކުއްތާއެއް މަރުވިޔަސް ގިޔާމަތްދުވަހުން ތިމަންކަލޭގެފާނު ޒިންމާ އުފުއްލަވަން ޖެހިވަޑާއިގަންނަވާނެ ކަމަށެވެ. މިގައުމުގެ ފުންނާބު އުސް ޝޭޚުންވެސް ވަރަށް ފަސޭހަކަމާއި އެކު މިގޮތަށް ތަކުރާރުކޮށް ބުނެދީފައިވެއެވެ.

މި ވިދާޅު ބަސްފުޅު އަޅުގަނޑުމެންގެ ދަންނަބޭކަލުން އަޅުގަނޑުމެންގެ ވެރިންނަށް ކިތައްފަހަރު ހަނދާންކޮށް ދެއްވިންތޯ އެއީ މިހާރު އުފެދޭ ސުވާލެކެވެ. މިކަމުގައި ދަންނަ ބޭކަލުންގެ ބޮޑު މަސްއޫލިއްޔަތެއް އޮތް ކަމުގައި ދެކެމެވެ.                                                            

ގައުމުގެ ދަރަނިން މިންޖުވެވޭނެ ގޮތެއް ނެތިގެން ގައުމުގެ ރިޔާސަތާއި ރައްޔިތުންގެ މަޖިލީހުން ވިސްނަމުން ގެންދާކަމަށް ވިދާޅުވެ މީޑިއާގެ ޒަރީއާއިން ރައްޔިތުންނަށް އޮޅުންފިލުވާ ދެއްވަން މަސައްކަތް ކުރައްވަމުން ގެންދަވާއިރު ޚަލީފާ އުމަރުގެފާނުގެ ދަރަނި އަދާކުރެއްވުމަށްޓަކައި އަމިއްލަ ގެކޮޅު ވިއްކަވާލެއްވިކަން ހަނދާން ކުރާކަށް ނުޖެހޭތޯއެވެ.

ވީއިރު ރައްޔަތުންގެ ނަމުގައި ގައުމު މިވަރަށް ދަރުވާލައި އެނަގާ ލޯންތައް ޙަލާލުވާނެތޯއެވެ. އަދި ދީނީގޮތުން ޙާކިމާޔަށާއި ރައްޔަތުންގެ މަމްދޫބުންނަށް އިސްލާމީ ތަރަހައިގެ ތެރެއިން ލިބޭދެވޭނެތޯއެވެ. ޝައްކެއްނެތް ގޮތުގައި މިހާރު ގަބޫލުކުރަންޖެހޭ ޙަގީގަތަކީ އަޅުގަނޑުގެ ރުހުންނުހޯދައި އަޅުގަނޑު ބައިވެރިކުރުވައިގެން މިވަނީ ލޯންނަގައި ދަރުވާލާފައެވެ. މަށަކީވެސް ދަރަނިބޯއެކެވެ!                                                            

ދިވެހީންގެ ތެރެއިން އެއްވެސް ބޭފުޅަކަށް ރައްޔިތުންގެ ނޯކަރެއްގެ ޙައިސިއްޔަތުން ޚަލީފާ އުމަރުގެފާނާ ކައިރިއަށްވެސް ނުދެވޭނެކަން އެންމެ ފުރަތަމަ ގަބޫލުކުރާނީ އަޅުގަނޑެވެ. ހަމައެއާއި އެކު ދިވެހީންގެ ކަންތައްތައް މި ސައްތައިން ސައްތަ އިސްލާމީ ގައުމުގައި ހިންގަދިނުމަށްޓަކާއި ރައްޔަތުން ހޮވާ ރައްޔަތުންގެ ޚާދިމުންތައް (ވެރީން) ކޮންމެ ބޭފުޅަކު ނޯކިރީއާއި ޙަވާލުވުމުގެ ކުރިން މާތް ﷲ ގަންދީ ކުރައްވާ ހުވާގެ މަތީގައި ދެމިހުންނަވަން ޖެހޭނެކަންވެސް ގަބޫލު ކުރެއެވެ. ސުވާލަކީ މިގޮތަށް މާތްﷲ ގަންދީ ހުވާކުރާއިތު ހިތުގައި އޮންނަނީ މަކަރާ ޖަހައިގެން ދުނިޔެ ކާލުމަށްތޯއެވެ؟

ހަމަގައިމުވެސް އަޅުގަނޑުމެންގެ ހިތާއި ވިސްނުމާއި ދުލުން ބޭރުކޮށްލާ ވަޢުދުތަކަކީ މާތްﷲ އަޑުއައްސަވާ ބައްލަވާ ލިޔުންވާ ކަންތައްތަކެވެ. ބޮޑު ޝޭޚްވެސް ވިދާޅުވެދެއްވަފައި ވަނީ މިގޮތަށެވެ! މިފެށުނު ޙިޖުރީ 1446 އައު އަހަރަކީ އަޅުގަނޑުމެން އިސްލާޙްވެލަން ލިބުނު އިތުރު ފުރުސަތެއް ކަމުގައި ދެކެމާތޯއެވެ.                           

Loading

3 Responses

  1. ހުރިހާ ހިތާމަޔަކީވެސް އިމްރާންމެން ޝަހީމްމެން ދީނޭ ކިޔާފާ އަނގަހުޅޫވާތީ. ބޭނުންވަނީ ދުނިޔޭގެ އުފަލާއި އަރާމު. ދައްކާނީ އުމަރު ބުނި ޚައްތާބުގެ ވާހަކަ. ގުރުއާނާއި ސުންނަތުން މީހުންނަށް ދަލީލުދައްކާނީ. ތިމާމެން އުޅޭނީ ދުނިޔެއިން އެންމެ ފައިދާލިބޭނެ ޕާޓީއެއްގައި. ފަތުވާ ދެނީ އެވަފަދަ ވެރިޔެއް ބޭނުންވާ ގޮތަކަށް. ހެޔޮނުވާނެ މި އުޅެ ގިނަ ޝޭޚުންގެ ވާހަކަ ގަބޫލުވެސް ކުރާކަށް. ވަރަށް ނުލަފާ ދެފުށް ދެގޮތް ބައެކެވެ. ބައްލަވާ ފަލަސްތީނުގައި ހަަބޭހަށް އެއޮއްގެން ގަތުލު އާންމު ހިންގަނީ ޔަހޫދީން އާއި ކުރިސްޓިއަން އެމެރިކާ ހަބޭހަށް އަރަބިންނާއި ގުޅިގެން ހިންގަނީއެވެ. ކޮބާތަ އިސްލާމްދީން؟ ކޮބާތަ އެ ފުންނާބު އުސް ސުންނީ މުސްލިމުންތައް. ހަމަ ޝަހީމާއި އިމްރާންމެން ފަދަނޫންތޯއެެ.
    ދެން ހައްޕު ކިޔައިގެން ހުރުން ނޫންގޮތެއް އަދި ނެތެވެ. ތި ލިިޔުން ބަރާބަރެވެ.

  2. ސަންދާނުން މިފަދަ ގިނަ ލިއުންތައް ކިޔަން ލިބުމަށް އުންމީދު ކުރަމެވެ. އަސްއަދު މަންސޫރު ވިދާޅުވެފައިވާފަދައިން އަޅުގަނޑުމެންގެ ތެރޭގައި ތިބި ދަންނަބޭކަލުންގެ ވާހަކަތައް އަޑުއަހަންވެސް ހިތްހަމައެއް ނުޖެހެއެވެ. އެބޭފުޅުންގެ ދަރުސްތަކުގައި “ މިއީ ހަމައެކަނި ރަނގަޅު ގޮތް “ ކަމުގެ ކުލަވަރު ފެނުން ގިނަވީމައެވެ. ހަރާން ކަންތައްތަކުގެ ވާހަކަ ދެއްކުން ގިނަވެފައި ހަލާލުކަންތަކުގެ ވާހަކަ ދެއްކެވުން މަދުކުރާތީއެވެ. ތިމަ ތިމާމެންގެ ގޮތް ގަބޫލު ކުރުން ނޫން އެހެން ގޮތެއް ނެތްކަން ދޭހަވާ ގޮތަކަށް އެހެން ދަންނަބޭކަލުންނަށް ކުޑައިމީސްކޮށް ވާހަކަ ދައްކަވާތީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް