އަދަބެއްގެ ގޮތުން ފަލަސްތީނުގެ ގެއެއްގެ ކޮޓަރިއަކަށް އިޒުރޭރުގެ ސިފައިން ކޮންކުރީޓު އޮއްސަނީ

Loading

Facebook
Twitter
WhatsApp

އިޒުރޭލުގެ ދިފާޢީ ބާރުތަކުން ފަލަސްތީނުގެ ގެއެއް ތަޅާ ސުންނާފަތި ކުރަން ކުރި މަސައްކަތް ހުއްޓުވުމުން، އެކަމުގެ ބަދަލުގައި އެކަން ހުއްޓުވި މީހާގެ ކޮޓަރިއަށް ސިމެންތި އޮއްސަން މަސައްކަތް ފަށައިފިއެވެ. 

އަވައްޓެރި އަރަބިންގެ މައްޗަށް އިޒުރޭލުން ބާރު ފޯރުވަމުންދާތާ އެތައް ދަހަރެއްވަނީ ފާއިތުވެފައެވެ. ޔަހޫދީ ދައުލަތަކީ ގާނޫނުތަކާއި އެއްގަޮތަށް ހިންގާ ޑިމޮކްރަސީއެކޭ ބުނެ އިޒުރޭލުގެ ލީޑަރުން ފޮނި ކަނޑައެވެ. އެކަމަކު ފެނިގެންދަނީ ބަލިކަށި މީހާގެ މައްޗަށް ގަދަކަމުން ބާރު ފޯރުވާގޮތަށް ގާނޫނު ހިންގާތަނެވެ. 

އިޒުރޭލުން ހިފާފައިވާ ސަރަޖހައްދުތަކުގައި އުޅޭ ފަލަސްތީނުގެ މީހުންގެ އިންސާނީ ހައްގުތަކުގެ ވާހަކަ އަތުވެއްޖެނަމަ، އެހައްގުތައް މުގުރާލުމަށް ތަލްއަބީބުން އެމީހުންނަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރެއެވެ. މިކަމުގެ އެންމެފަހުގެ މިސާލުތައް މިހާރުވެސް އަޅުގަނޑުމެންގެ ލޯކުރިމަތިން އެދަނީ ފެންނަމުންނެވެ. 

އިޒުރޭލު ސިފައިންގެ މީހެއް ގަސްތުގައި މަރާލިކަމަށް އިޒުރޭލުން ތުހުމަތުކުރާ ފަލަސްތީނުގެ މީހަގެ ގޭގެ ކޮޓަރިއަށް މިހަފްތާގައި ސިމެންތި އޮއްސާނެކަމަށް އިޒުރޭލު ސިފައިންވަނީ ބުނެފައެވެ. މިކަމުގެ ސަބަނުން އެގޭގެ ބައެއް ބޭނުން ނުކުރެވޭނެއެވެ. 

ވެސްޓު ބޭންކުގައި ހުރި މިގެ ތަޅާލަން އިޒުރޭލުގެ ސިފައިން ބޭނުމެވެ. މިގެ ހުރީ 1967ގައި އިޒުރޭލުން ގާނޫނުތަކާއި ޚިލާފަށް ހިފާފައިވާ ސަރަހައްދެއްގައި ހުރި ގެއެކެވެ. ފަލަސްތީނު މީހުންގެ އުއްމީދަކީ ކޮންމެވެސް ދުވަހަކުން މިސަރަހައްދު ފަލަސްތީނުގެ ބައެއްކަމަށް ވުމެވެ. 

އެހެންނަމަވެސް، އެގެ ތަޅާލަން އިޒުރޭލުގެ އެންމެ މަތީ ކޯޓުން ހުއްދައެއް ނުދިނެވެ. ސަބަބަކީ 49 އަހަރުގެ ފަލަސްތީނުގެ މީހާކަމަށްވާ، ނާޒިމް އަބޫ ބަކުރު، ކުރި ކަމެއްކުރީ އޭނާއެކަނި ކަމަށްވާތީއެވެ. އޭނާގެ އަނބިމީހާއާއި 8 ކުދިންނަށް އަދަބު ދީގެން ނުވާނެ ކަމަށް ކޯތުން ހުކުމް ކުރިއެވެ. މި މައްސަލަ ގުޅެނީ، ވެސްޓު ބޭންކުގެ ޔަބީބު ވިލެޖުގައި މޭމަހު އިޒުރޭލުގެ ސިފައިންނާއެކު އެ އަވަށް ލޫޓުވުމަށްދިޔަ ޓީމުގައި ހިމެނޭ އިޒުރޭލުގެ ސިފައިންގެ މީހެއްކަމަށްވާ 21 އަހަރުގެ އަމިތު ބެން ޔުގަލް މަރުވި ހާދިސާއާއެވެ. 

އާންމުގޮތެއްގައި އިޒުރޭލުން ހިންގާ މިފަދަ  އަމަލުތަކުގައި ސިފައިންދާނީ ހަތިޔާރު އެޅި ކާރުތަކުގައި، ވަޒަން ނާރާ ޖެކެޓު ލައިގެން، ހެލްމެޓު އަޅައިގެން، ބަޑި ހިފައިގެންނެވެ. އަނެއް ކޮޅުންފަލަސްތީނުގެ މީހުން މިފަދަ ކުރިމަތިލުންތަކަށް ރައްދު ދެނީ އަބަދުވެސް ކަންކަން ކުރާގޮތަށް ގަލާއި ހިލައިންނެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް