ނެވާޑާގެ ސަހަރާއިން ގޮތްނޭންގޭ 9 ފޫޓުގެ މަހާނަ ގަލެއް ބިމުން މައްޗަށް އަރައިފި

Loading

Facebook
Twitter
WhatsApp

އަނެއްކާވެސް އެމެރިކާއިން ކުއްލިއަކަށް ގޮތްނޭންގޭ މަހާނަގަލެއް ބިމުން މައްޗަށް އަރާފައި ހުއްޓާފެނިއްޖެއެވެ. މިފަހަރު މަހާނަގާ ފެނިފައިމިވަނީ ލާސްވެގާސްގެ ނެވާޑާ ސަހަރާގެ މެދުތެރެއިންނެވެ.                   

އަޅުގަނޑު މިތަނުގައި ގޮތް ނޭންގޭ މަހާނަ ގަލެކޭ މިބުނީ ނެވާޑާ ސަހަރާގެ މެދުތެރޭން ފެނުނު މޮނޯލިތަކަށެވެ. މޮނޯލިތު ކުރީޒަމާނުގައި ބޭނުން ކޮށްފައިހުރީ ބޮޑެތި ބާރުތަކުން ފަތަޙަކުރާ ގައުމު ތަކުގައި އެމީހުންގެ އިން ވަކިކުރަން ބޭނުން ކުރާ ފާހަގައެއްގެ ގޮތުގައެވެ.                                          

ސައެންސްވެރިން މި ފެންނަ ގޮތްނޭނެގޭ 9 ވަރަކަށް ފޫޓު ދިގު މި މަހާނަ ގަލަކީ އެއުރެންގެ ބަހުރުވައިންނަމަ ފަސްޓް ބޯންގެ ނަންދީފައިވާ އޭލިއަނުންނަށް ނިސްބަތްކުރެވޭ އެއްޗަކަށްވުން ގާތެވެ.

ކުރީ ޒަމާނުގައި ބާރުގަދަ ވެރިން އެމީހުންގެ ބިންތަކުގައި އިންކަޑަ ޖެހުމަށް ބޭނުންކުރި މި ފާހަގަ އަކީ އޭލިއަނުންވެސް ހަމަ އެ މާނައިގާ ބޭނުން ކުރާއެއްޗެއް ކަމުގައި ވެދާނެ ކަމަށް އެމީހުން ބުނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި މިބާވަތުގެ ގޮތްނޭގޭ 90 ވަރަކަށް ކަޑަ ބިމުން މައްޗަށް ކުއްލިއަކަށް ހިއްލިފާ އެބަ ހުރި ކަމަށް ވެއެވެ. މިޒަމާނުގައި ކުއްލިއަކަށް ބިމުން މައްޗަށް އަރައިގެން މިއަންނަ ގޮތްނޭގޭ ކަޑައަކީ އިންސާނުންނާ ގުޅުން ހުރި އެއްޗެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށްވެސް ސައެންސް ވެރިން ބުނެފައިވެއެވެ. މި ކަޑަތަކުގެ އުސްމިން އުޅެނީ ގާތަގަނޑަކަށް 9 ފޫޓު ގައެވެ. އެކަމަކު ޑިޒައިން ތަފާތެވެ.                                               

ލާސްވެގާސް ގެ ފުލުހުން މިދިޔަ ހޯމަދުވަހު ބުނެފައިވަނީ ގޮތްނޭންގޭ މަހާނަގާ ފެނިފައިވަނީ ހަތްހާސްފޫޓުގެ މަތިން ފަރުބަދަ މަތިންކަމަށާއި އޭތި އެތަނަށް އައިގޮތެއް ނޭންގޭ ކަމަށެވެ. ލާސްވެގާސްގެ ވާދީއިން އެ މޮނޯލިތު ފެނިފައިވަނީ ލާސްވެގާސްގެ ސާރޗް އެންޑް ރެސްކިއު ޓީމަށެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ފަރުބަދައަށް އަރާމީހުންނަށް މިބާވަތުގެ ގޮތްނޭންގޭ ތަފާތު އެއްޗެހި މީގެ ކުރިންވެސް ވަނީ ފެނިފައެވެ. ފަރުބަދައަށް އަރަން މަސައްކަތްކުރާ މީހުންނަށް ފުލުހުން ނަސޭޙަތްތެރި ވަމުން ގެންދަނީ އިތުރު ކާބޯތަކެއްޗާއި ފެނާއި އަދި އަލިކަން ލިބޭނެ ވަސީލަތާއެކު މެނުވީ ފަރުބަދައަށް އަރަން މަސައްކަތް ނުކުރުމަށެވެ. އެއީ ބޮޑެތި ހިތާމަވެރި ޙާދިސާތައް ހިނގާތީއެވެ.

Loading

2 Responses

  1. އެމެރިކާއަކީ އޭލިއަނުންނާ ވަރަށް ގުޅުން ހުރި ސަހަރަަކަށް ދޯ މިވަނީ. ކުއްލިއަކަށް އެމީހުން އައިސް ތިޔަ އެމެރިކާގައި އިންފާރު ނުރާނާފިއްޔާ ވަރަށް ރަނގަޅު.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް