މިޔަރު ހިމާޔަތް ކުރުމުގެ ގާނޫނު އިސްލާހު ކުރަންޖެހޭ

Loading

Facebook
Twitter
WhatsApp

ރާއްޖެއަކީ ނުރައްކާތެރި އެތަށް ބާވަތެއްގެ މިޔަރު ގިނަ ގައުމެކެވެ. އެހެންކަމާއެކު ފަތުރުވެރީންގެ އިތުރުން ދިވެހި ޒުވާނުންނާ ކުޑަކުދީން ރާއްޖޭގެ ރަށްރަށުގެ މޫދަށް
އެރިއުޅުމުގެ ނުރައްކާތައް ދުވަހެއް ދުވަހެއް އަންނަނީ ބޮޑުވަމުންނެވެ. ކުރިއަށް އޮތް މުސްތަގުބަލުގައި ވެސް މި ނުރައްކާތެރިކަން ދާނީ ބޮޑުވަމުންނެވެ.

ސަރުކާރުން މިޔަރު ހިމާޔަތްކޮށްފައި ވަނީ މޫދަށް އެރި ފީނާ އަދި އެކި ތަމްރީނުތަކުގައި ބައިވެރިވާ މީހުން މިޔަރުގެ ނުރައްކަލުން ސަލާމަތް ވާގޮތަކަށް ނޫނެވެ.

އެހެންކަމުން ރާއްޖެއަކީ ކަނޑުތަކާއި ފަރު ފަދަ ތަންތަން އިންތިހާއަށް ރީތި އަދި ޑައިވްކޮށް އުޅުމަށް މަރެއް ފަދަ ގައުމަކަށް ވިޔަސް މިވަގުތު ރާއްޖެއަކީ ފަތުރުވެރިންނަށާއި ދިވެހި ޒުވާނުން ފީނާ އުޅުމަށް ރައްކާތެރި ޑެސްޓިނޭޝަނެއް ނޫނެވެ. އެހެންކަމުން ފަތުރުވެރިން ގޮވައިގެން މޫދަށް އެރި ފަތަން ދަސްކޮށްދިނުމާއި ޑައިވިންނަށް ދިއުންފަދަ ކުރިން ކުރަމުން އައި މިބާވަތުގެ ނުރައްކާތެރި ކަންކަމަކީ މުނިފޫހިފިލުވުމުގެ ޙަރަކާތެއްގެ ގޮތުން ކުރިއަށް ނުގެންދިއުމަށް އިލްތިމާސް ކުރަމެވެ.

ރާއްޖޭގެ ކަނޑުފަޅުތަކުގައި ދިރިއުޅޭ މިޔަރު ޙިމާޔަތް ނުކުރިއަސް ރާއްޖޭން މިޔަރު ހުހެއް ނުވާނެއެވެ. މިޔަރުގެ ބާވަތްތަކުގެ ތެރޭގައި އިންސާނުންނާ ޙަމަލަ ދޭ ޒާތުގެ މިޔަރު މަދުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހިފައިވާއިރު މިޔަރު ޙިމާޔަތްކުރުމުގެ ނަމުގައި މި ދެންނެވި ނުރައްކާތެރި މިޔަރު ޙިމާޔަތް ކުރުމަކީ ކުރަން ހެޔޮވާ ؛ވަރުގެ ކަމެއް ނޫނެވެ.

ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ވެސް ވަނީ މިޔަރުގެ އުނދަގޫ ވަރަށް ބޮޑުވެފައެވެ. ކަންނެލި ބާނާ މީހުން ބުނާ ގޮތުގައި ކަންނެލި އައިނުގެ އަޑީގައި އުޅޭ ބޮޑެތި މިޔަރާ ހެދި ކަންނެލި ބާނަން ނުހަނު އުނދަގުލެވެ. ގިނަފަހަރު ވަދުގައި ހުންނަ ކަންނެލި ދޯންޏަށް އަރުވަ އަރުވާ ހުއްޓާ މިޔަރު އެދަނީ ކަންނެލީގެ އެއްބުރި ކާލައިގެންނެވެ.

އަދި ކަންނެލީގެ މަސްވެރިކަމުގައި ޙަރާކާތްތެރިވަމުން އަންނަ ބައެއް މަސްވެރިން ކަންނެލި ބާނަމުން އަންނަ ވަގުތު ތަކުގައި މަސްވެރިޔާއަށް ވެސް މިޔަރު ހަމަލާ ދެނީ މަދެއްކޮށް ނޫނެވެ. އެހެން ކަމުން އިންސާނުންގެ ފުރާނަ މިޔަރުގެ ނުރައްކަލުން ސަލާމަތް ކުރުމަށްޓަކާ މިދެންނެވި ފަދަ ނުރައްކާތެރި މިޔަރު މަދުކުރަން ޖެހެއެވެ.

މިޔަރު ޙިމާޔަތް ކުރުމަށްވުރެ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މުދަލާއި ފައިސާ ޙިމާޔާތް ކުރިއްޔާ ރައްޔިތުންނަށްވާ ފައިދާ މާބޮޑުވާނެއެވެ. ސަރުކާރުން ވެސް ކުރަންވަނީ ކުރަން ޖެހިފައިވާ ކަންކަމެވެ. އިންސާނުންގެ ފުރާނައަށްވުރެ ރަނގަޅީ މިޔަރު ހެއްޔެވެ. އެހެންކަމާއެކު އަޅުގަނޑަށް ފެންނަނީ ސަރުކާރުން ތިޔަ ނިންމެވި ނިންމެވުމަށް އިތުރު ބަދަލު ގެނެސް ރައްޔިތުންގެ ފުރާނައަށް އިސްކަން ދީގެން މިޔަރު ޙިމާޔަތް ކުރުމުގެ ގާނޫނު އިސްލާހު ކުރުމަށެވެ.

Loading

3 Responses

  1. މިޔަރު ހަމަ ހިފަންވީއެވެ. ގާޒާގައި 40000 ސާޅީސް ހާސް މައިންނާއި ކުދިން މެރަންވެސް ހަމަ އެބައިމީހުން އޯކޭ ނޫންހެއްޔެވެ. ވީ އިރު މޫދުން ދިވެއްސަކު މިޔަރެއް ހިފުމަކުން ކީއްތަވާނީ؟!

  2. ތި އިސްލާހުގައި މީހުންނަށް ހާނީއްކަ ކުރާ މިޔަރުތަކަށް އަދަބު ކަނޑައެޅުމުގެ ބާރު މީހުންނަށް ދޭންވާނެ، އެގޮތުން ކޮންމެ 3 އަހަރެއްކޮށްފަ 2 އަހަރު ދުވަހަށް މިޔަރު މަސްވެރިކަން ހިފާ އޭގެ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރެވޭގޮތް ހަދަންވާނެ

  3. ީމިޔަރު ބާނަން ސަރަހައްދެއް ކަނޑައަޅައި ހުއްދަދޭންވި
    ޝުކުރިއްޔާ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް