މެނޭޖަރުންނަށް ނަފްސާނީ ދުޅަހެޔޮކަމާބެހޭ ތަމްރީން ދޭންޖެހެނީ ކީއްވެ؟

Loading

Facebook
Twitter
WhatsApp

މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމުގައި ބޮޑު ރޯލެއް އަދާކުރާ އެއްބަޔަކީ އެމީހުންގެ މައްޗަށް ތިބޭ  ވެރިންނެވެ. ނުވަތަ މެނޭޖަރުންނެވެ. ނަމަވެސް، ދެމެހެއްޓެނިވިގޮތެއްގައި މުވައްޒަފުންނަށް ބޭނުންވާ އެއްބާރުލުން ދިނުމަށްޓަކައި ލިބިފައި ހުންނަންޖެހޭ ތަމްރީނު އެމީހުންގެ ކިބައިގައި ނުހުރެއެވެ. 

އެމެރިކަން ސައިކޮލޮޖިކަލް އެސޮސިއޭޝަނުން 2023 ވަނަ އަހަރު ޝާއިއުކުރި ވަރކް އިން އެމެރިކާ ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި، އެމެރިކާގެ 90 އިންސައްތަ އަށްވުރއ ގިނަ މަސައްކަތްތެރިން އެދެނީ މުވައްޒަފުގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ސަމާލުވެ އަޅާލާ ތަނެއްގައި މަސައްކަތް ކުރުމަށެވެ. އެހެންނަމަވެސް، އެމީހުންގެ ވެރީން ނަފްސާނީ ދުޅަހެޔޮކަމަށް އަހައްމިޔަތުކަމެއްދޭކަމަށް ބުނެފައިވަނީ ދިރާސާގެ ބައިވެރިންގެ 29 އިންސައްތަ މީހުން އެކަންޏެވެ. 

މިގޮތުން، ނަފްސާނީ ދުޅަހެޔޮކަމުގެ ކަންކަމުގައި މުވައްޒަފުންނާއި މުހާތަބުކުރަން އެންމެ އެކަށޭނަ ގޮތަކީ ކޮބައިކަން ގިނަ މެނޭޖަރުންނަށް ނޭނގޭކަމަށް މިލްކޯރޕްގެ ބޮވީގެ އެޗްއާރް ޑިރެކްޓަރ ޑެނިއެލް ހޭސް ބުނެފައިވެއެވެ. 

“ބަޔަކު ލީޑް ކުރުމުގެ އެއްވެސް ތަޖުރިބާއެއް ތަމްރީނެއް ނެތި އެގްޒެކެޓިވް ލެވެލްގައި މަސައްކަތްކުރާ ގިނަ ބަޔަކާ ބައްދަލުވޭ. ދެން ސުވާލަކީ، މުވައްޒަފުންނާއި ދޭތެރޭ ކަންތައް ބަހައްޓާ ގޮތާއި، ވަޒީފާގެ މާހައުލަށް ރިއާޔަތްކޮށް އަހަރެމެންގެ އާދަކާދައާއި ސަގާފަތާއި، އުންމީދުތަކަށް ތިބާ ހޭނުވޭނީ ކޮންގޮތަކަށްތޯ. ތިބާގެ ދަށުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ގުޅިގެން ގުޅުވައިގެން މަސައްކަތްކުރާނީ ކޮންގޮތަކަށްތޯ” ނެޝަނަލް ޕްރެސް ފައުންޑޭޝަން އިން ވޮޝިންގްޓަން ޑީސީގައި ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަމުން ހޭސް ބުނެފައިވެއެވެ. 

ހޭސްގެ މިދަތުރުގައި އޭނާވަނީ ޑީސީގެ ގިނަ ވިޔަފާރިވެރީންތަކަކާއި ބައްދަލުކޮށް ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ ބަލާ އޮޅުން ފިލުވާފައެވެ. މެނޭޖަރުން ނަފްސާނީ ދުޅަކެތޮޖަމަށް މިއަށްވުރެ ބޮޑަށް އަހުލުވެރި ކުރުވަންޖެހޭކަމަށް މިބައްދަލުވުންތަކުގައި ބައިވެރިވި ގިނަ ބަޔަކު ފާހަގަކޮށްފައިވާއިރު، އޭގެ ސަބަބުން ވަޒީފާއާއި ދެމެދު މުވައްޒަފުގެ ހިތްހަމަޖެހުން އިތުރުވެ، މަސައްކަތުގެ ފެންވަރު ވެސް ރަނގަޅުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް