ސުންނީ ޝިޢާ މި ދެބައި ބޭނުންކޮށްގެން ފިތުނަ އުފައްދަން ވޭތަ؟

Loading

Facebook
Twitter
WhatsApp

ސުންނީ ޝިޔާޢީ  ވިޔަސް އިސްލާމްދީން ޤަބޫލުކުރާ މީހުން މާތް ﷲ ގެ އެއްކައުވަންތަކަމާއި މުޙައްމަދުގެ ފާނުގެ ރަސޫލުކަމާއި އިސްލާމްދީނުގެ ރުކުންތައް ޤަބޫލުކުރެއެވެ. ޝައްކެއްނެތި އެކަން އެނގެން ބޭނުން މީހަކަށް ބޭރުފުށުންވެސް އެނގޭވަރަށެވެ.

ގުރުއާނަށް  އީމާންވާ މީހުން ގުރުއާނަށް ބަރާބަރަށް އީމާން ވެއެވެ. އިންކާރެއް ނުކުރެއެވެ. ދެން ބައެއްގެ މެދުގައި ހުރި އާދަކާދައިގެ ތަފާތު ތަކަކީ ދީނުން ބޭރުވުންކަމުގައި ބެލުން ބުއްދި ގަބޫލުކުރާ ކަމެއްގެ ގޮތުގައި ނުބެލެވޭނެއެވެ.

އެއީ އިސްލާމް މާއްދާ ކިޔަވައިދޭ ސްކޫލްތަކުގެ ގުރޭޑް 10 ދަރިވަރުންވެސް ރަނގަޅަށް ދަންނަކަން ކަމެވެ.

ޙަރާމް ޙަލާލު އަކީ ބަދަލު ކުރެވޭނޭ އެއްޗެއް ނޫނެވެ. ޙަރާމް ޙަލާލު އެގޮތުގައި ދެމި އޮންނާނެއެވެ. ޙައްގާއި ބާތިލު ވަކިވާފަދައިންނެވެ.

ސުންނީ އަދި ޝިޔާޢީ ނުވަތަ ވައްހާބީންނަމަވެސް ނުވަތަ ޝާފީ ހަންބަލީ ނުވަތަ އެހެން މަޒަހަބެއް ނަމަވެސް، ދީނުގައި ނެތްކަމެއް ދީނުގެ ކަމެއްކަމަށް ބުނެ އެކަމެއް ކުރާނަމަ އެކަމެއް ރައްދުވާނީ އެކަމެއް ކުރި މީހަކަށެވެ. ﷲގެ ދީނަކަށް ރައްދެއް ނުވާނެއެވެ. 

ފިރުގަތަކާއި ބިދުޢަތަކަކީ އަދި ފިތުނައަކީ ވެސް އިންސާނުން އެކަކަށްވުރެ އަނެކާ މަމޮޅުކަމަށް ދެއްކުމަށްޓަކައި ފެށިގެންއައި ވާދަވެރިކަމަކާއި ސިޔާސީ ނުފޫޒުގެ ތެރެއިން ކުޅެގެން އުފެއްދިފައިވާ ވަރަށް ނުރަނގަޅު ޢަމަލުތަކެކެވެ.

ނުވަތަ ފަރަންޖީ ބަހުން ބުނާނަމަ “ ޑިވައިޑް އެންޑް ރޫލް “ ގެ ޢަމަލުގެ ތެރެއިން ނިކުމެފައިވާ ނުކިއްސަރު ޢަމަލެކެވެ.

ކޮންމެ މަޒަހަބެއްގެ ބަޔަކަށްވެސް ނުވަތަ ކޮންމެ އިންސާނަކަށް ވެސް އިންސާނިއްޔަތުކަން އޮންނަންވާނެއެވެ. އިޙްސާންތެރިކަން ދަމަހައްޓަން ވާނެއެވެ. ހުރިހާ މައްސަލަ ތަކެއްގެ އަޞްލަކީ ވެސް އަނިޔާވެރިކަމެވެ.

އަނިޔާވެރިކަމަށް ތާޢީދުކުރުމާ އެހީތެރިވުމެވެ. އެއީ އިސްލާމް ދީން ދަންނަ ކަމެއްނޫނެވެ. އެހެނީ ޝަހާދަތުގެ ދެކަލިމަ ކިޔައި ގަބޫލުކޮށްފި ކޮންމެ މީހަކީ މުސްލިމެކެވެ. އޭނާގެ ގަބޫލުކުރުމާއި މެދު ޝައްކު އުފައްދަން މަސައްކަތް ކުރުމުގެ ޙައްގެއް އަނެކާއަށް އިސްލާމްދީނުގައި ލިބިދީފައެއެ ނެތެވެ.

އެހެނީ އިސްލާމް ދީނަކީ ޞުލްޙައިގެ ދީނެވެ. މާތްﷲ ގެ ޙަޟްރަތުގައި ދީނަކީ ހަމައެކަނި އިސްލާމް ދީނެވެ . ދީނަށް ވެއްދުމުގައި މަޖުބޫރު ކުރުމެއްވެސް ނެތެވެ. އޮތީ ހެޔޮ ގޮތުގައި ބަޔާންކޮށްދީ ވިސްނައި ދިނުމެވެ.

މިއަދު ފެންނަމުން މިދަނީ ހައްދެއްނެތި މުސްލިމުންގެ ލޭ އޮހޮރުވަމުން ގެންދާ މަންޒަރެވެ. ގަތުލު ޢާންމު ތައް ދީނުގެ ނަމުގައިވެސް ހުއްދަ ކޮށްފިއޭ ބުނާ މިންވަރަށެވެ. ވަކި ޖަމާޢަތަކުން ދީނުގެ ނަމުގައި ދޭ ފަތުވާ ގަބޫލު ކުރުވުމަކީ ގޮށްމުށުގެ ބާރަކަށްވެސް އިސްލާމްދީނުގެ އަސާސަކަށް މިހާރު މިވަނީ ހަދައިފައެވެ.

ދުނިޔޭގެ އެތަން މިތަނުގައި މުސްލިމެއް ކާފަރެއްނެތި ހުރިހާ ޖަމާޢަތުން ފަލަސްތީނުގެ ބިމުގައި ޝުމާރެއް ނެތި އިންސާނުން މަރަމުންދާތީ ތިމަތިމާމެންގެ ކިބައިހުރި އާރަކާއި ބާރެއް ބޭނުންކޮށްގެން ދުނިޔޭގެ ކަންކޮޅު ތަކުގައި އެކަން ކުށްވެރިކޮށް ދެކޮޅު ހަދަމުންދާއިރު ޔަހޫދީނަށް މަދަދުދިނުމުގައި ދެލޯކަނު ބީރުބައެއްގެ ގޮތުގައި އިސްލާމުންގެ ތެރެއިން ބަޔަކުތިބެ އަދިވެސް ސުންނީ ޝިޢާއިންގެ ވާހަކަޔާއި މަޒްހަބީ ފިތުނަ އުފައްދަން ބާރުއަޅައި ތަފާތު ވާހަކަތައް ލިއުމަށްވުރެން ވަކިން ގޯސްކަމެއް އޮންނާނެ ބާވައެވެ!

އިންސާނަކަށް ނުވެވޭތަނުގައި ސުންނީ ޝިޔާޢީ އަކަށް ވެވިދާނެތޯއެވެ. އެޒުވާބު މިވަގު ޖެއްސުމުގެ ބޭނުމަކީ ފިތުނަ ނޫން އެހެން ކޯއްޗެއްތޯއެވެ. އެހެނީ ރަސޫލާގެ ވަދާޢީ ޚުތުބާގައިވެސް ސުންނީ ޝިޢާ ވައްހާބީ މާލިކީ ވާހަކަ ވިދާޅުވެފައެއް ނެތެވެ. ތަކުރާރުކޮށް ރަސޫލާގެ ވަދާޢީ ޚުތުބާ އަޑުއައްސަވާ ލަމާތޯއެވެ.

ވިސްނަންވީ އެކަކަށްވުރެ އަނެކާ މޮޅުވާން ނުހައްދާ މިދީން (އިސްލާމް ދީން) ގަބޫލުކުރާ 1.4 ބިލިއަން މީހުން މިދުނިޔޭގައި ތިބިއިރު މަޒްހަބީ ތަފާތުތައް ގެނަސް ތިމާނޫން މީހުންނަކީ ކާފަރުން ކަމުގައި ބުނާހިސާބަށް ދުއްވާނުލުމެވެ. އެހެނީ މިއަދުގެ ގިނަ މުސްލިމުންނަށް ވުރެ ގަޒާގެ ޖަރީމާއާއި ދެކޮޅުހަދާ “ ކާފަރުން“ މަދެއްނޫނެވެ. ވީއިރު ތިބާގެ ޙާލާމެދު ވިސްނާލަމާ ތޯއެވެ.

  އަހަރެމެންގެ މިއުއްމަތަކީ އުއްމަތްތަކުގެ ތެރެއިން އެންމެ މާތް ހެޔޮ އުއްމަތެވެ. ޤުރުއާނާއި ސުންނަތުން މައްސަލަތަކާ އަރާރުންވުންތަކާއި ދެބަސްވުންތަކަށް ޙައްލު ހޯދެން އެބައޮތެވެ. ކޮންމެ މީހަކުވެސް ތިމާގެ ފުރާނަ އާ މުދަލާ އަބުރަށް ރައްކާތެރިވާ ފަދައިން އަދި އެހެން މީހުންގެ ފުރާނަ އާ މުދަލާ އަބުރަށް ރައްކާތެރި ވާށެވެ. އޭނޫން ގޮތަކުން ދުނިޔެ އަށް އަމާންކަމެއް ނެތެވެ. ﴿ قَالُوا سُبْحَانَكَ لَا عِلْمَ لَنَا إِلَّا مَا عَلَّمْتَنَا ۖ إِنَّكَ أَنتَ الْعَلِيمُ الْحَكِيمُ﴾

[ البقرة: 32]

މިވެސް އަޑުއަހާލާ:

Loading

7 Responses

  1. ޑިވައިޑް އެންޑް ރޫލްގެ ދަށުން އެކަން އެގޮތަށް ކުރަން ޖެހެނީއެވެ. އެއްބަޔަކަށް އާރާއި ބާރު ކަށަވަރުވެފައި އޮތީ އެގޮތަށް އެކަންތައް ރާވާދީފައި އޮތީ މައެވެ. އެނޫންގޮތެއް ހޯދާކަށް ނޫޅެވޭނެއެވެ. ގަބީލާވަންތަ ދިރިއުޅުން ތާރީޚު ފޮތްތަކުން ދަސްކޮށްގެންތިބި ބަޔަކު އެއޮތީ އެމީހުންގެ ބޯ ކާލާފައެވެ.

  2. ޝުކުރިއްޔާ. ވަރަށް މޮޅު ލިއުމެއް. މީހުން ނަރަކައަށް ވެއްދުމާ ސުވަރުގެއަށް ވެއްދުމުގެ ބާރު އެއްވެސް އިންސާނަކަށް ނެތް. ރަނގަޅަށް ތިބީ ސުންނީންތޯ ނުވަތަ ޝީޢީންތޯ ނުވަތަ ސޫފީންތޯ މިކަންކަން ދެނެވަޑައިގަންނަވާ ފަރާތަކީ ﷲ. ތެދުމަގު ލިބިގެންވާ މީހުންނީ ކޮންބަޔެއްކަން އަދި މަގުފުރެދިގެންވާ ބަޔަކީ ކޮންބަޔެއްކަން ދެނެވަޑައިގަންނަވާ ފަރާތަކީ ﷲ ކަމުގަ ގުރުއާންގެ އެތައް ތަނެއްގައި ބަޔާކުރައްވާފައިވޭ.

  3. ބިން ހައިދަރު.
    ކަލޭކިޔެވިތަނެއް ބަލަން ބޭނުން. ސުންނީންނާއި ޝިޔަޢީން ހަމަހަމަ ކަމަށް ބުނާ މީހުންގެ އީމާންކަމާއި މެދު ސުވާލު އުފެދޭ..
    ޝިޔަޢީން ފާޅުގައި ކުރާ ޝިރުކު ވެސް ތިޔަ ހަމަހަމަ ކޮއްލަނީ ﷲ އަށް ޓަކައި ވެވޭ ޤުރުބާނީ ތަކާއި.

    1. ބިން ޙައިދަރު ކިޔެވި ތަނެއް ނޭގެއެވެ. އެހެނަސް ކަލޭ ބުނެބަލަ އިއްޒަތްތެރި އަދުރޭ ކިޔެވި ކޮލެޖެއެއް ޔުނިވާސިޓީއެއް. މިއަދު ކަލޭވެސް ގަބޫލުކުރާނެ އެއީ ޢިއްޒަތްތެރި އަދުރޭކަން. އެހެންވީމާ ކިޔެވި ތަނެއް ބަލާކަށް ނުޖެހެއެވެ. އެމީހާ އެހެންމީހުންގެ ފަރާތުންވެސް މަޢުލޫމާތު ހޯދާ މީހެއްނަމަ އާދައިގެ މިއުޅޭ މަތިވެރި ސުންނީ އަކަށްވުރެ ބޯރަނގަޅުވާނެއެވެ. މިއުޅޭ ސުންނީންނޭ މިބުނީ އެހެން އެންމެނަށްވުރެ ތިމާގެ ޖަމާޢަތް މޮޅުކަމަށް ދެކިގެން މަވަރެއް ނެތިގެން އުޅޭ މީހުނެވެ. ވައްހާބު ކިޔެވި ކޮލެޖެއް ޔުނިވާސިޓީއެއް ކަލޭ ބުނެދީފާނަންތޯއެވެ. އޭނާ އެތައް ގައުމަކަށް ދަތުރުކޮށް އޭނާ ގަބޫލުކުޜާ އުސޫލުތަކެއް މީހުންގެ ބޮލަށް ވައްދަން ވަރަށް މަސައްކަތް ކުރިއެވެ. އެންމެފަހުން 2 ވަނަ ބޮޑު ހަނގުރާމައިގެނ ފަހްުން ގްރޭޓަރ ޢަރަމިޔާ އިންގިރޭސީން ފޮތިކޮށްލައި ސަޢުދީ އަރަބިޔާއެއް އުފަންވުމުން ވައްހާބު އެތަނުގެ ފައްގެފާނު ކައިރިން ޖާގަ ހޯދީ އެވެ. އޭނާގެ ފޮލޮވާރސް ގަބޫލުކުރާ ގޮތުގައި އޭނަވަރުގެ އެހެން ޢިލްމުވެރިޔެއް ދުނިޔެއަކު ނޫފެދެއެވެ. އެހިސާބުން މަގު އޮޅުނީއެވެ. އެހެނީ އޭނަޔަށް ކިޔަވަން ލިބުނުފޮތަކާއި ޢިލްމަކީ ކުރީގެ ޢިލްމްވެރީން ލިޔެފައވާނެ ފޮތްތަކެކެވެ. ވީމާ ދީން އައެްޑަނަޔަކަށް ހަދައިގެން ޢަމަލީ މައިދާނުގައި ކަމެއް ނުކުރެވޭ ތަނުގައި މަމޮޅު ހެދޭނެ ކަމެއް ނެތެވެ. އެންމެން އުޅުނަދޭށެވެ. ތިމާ ތިއީ މާތްﷲ ދުނިޔެއަށް ފޮނުއްވި ޙުކުމް އިއްވާ ޖަޖަކަށް ނުވާށެވެ. މިއަދު ގަޒާގެ ގަތުލު ޢާމްގައިވެސް އެ ގަތުލު ޢާންމު ހުއްޓުވުމަށް ހަބޭހަށް ގޮވާ ޢަމަލީ މައިދާނުގެ ގިނައީ ކާފަރުންނާއި ޝިޢާ އިންނެވެ. ޖަވާބަކަށް އެދެމެވެ!

  4. ރަފީއާސް ވެދުން ސަލާމް
    ޝިޔާއީން ފާޅުގައި ޝިރުކު ކުރާ ވާހަކަ ވިދާޅުވިއިރު އެއީ ކޮންގޮތަމުންތޯވެސް އޮޅުން ފިލުވާލަ ދެއްވިނަމަ ވަރަށްރަނގަޅު. ހަމަ މީހަކު ޝިރުކު ކުރިއޭ ބުނަމަކުން އަދި އެކަން ސާބިތެއް ނުކުރެވޭ. އަޅުގަނޑަށް ކިޔަވާދިން އުސްތާޒު ވިދާޅުވީ އީމާންކަމަކީ އަދި ޝިރުކު ކުރުކަމީ ހިތް ނިޔަތާވެސް ވަރަށްބޮޑަށް ގުޅިފާ ކުރިކަމެކޭ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް