ގޫގްލްއިން މެލޭޝިއާއަށް 2 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ

Loading

Facebook
Twitter
WhatsApp

އޭއައި އަށް އޮންނަ ޑިމާންޑް އިތުރުވުމާއެކު ގޫގްލްއިން މެލޭޝިއާއަށް 2 ބިލިއނަް އެމެރިކާ ޑޮލަރު އިންވެސްޓްކުރަން ނިންމައިފިއެވެ. 

ގޫގްލްއިން ބުރާސްފަތި ދުވަހު ހާމަކޮށްފައިވަނީ، އޭއައި އާއި ކްލައުޑްގެ ހިދުމަތްތަކަށް އޮންނަ ޑިމާންޑް އިތުރުވަމުންދިޔުމާއެކު، މެލޭޝިއާގެ ތްރައްގީގެ ބާޒާރަށް ގޫގްލްއިން 2 ބިލިއަން ޑޮލަރު ވެއްދުމަށް ނިންމާފައިވާކަމަށެވެ.

މި ފައިސާގެ ބޮޑުބައެއް ޙަރަދުކުރާނީ މެލޭޝިއާގެ ފުރަތަމަ ޑޭޓާ ސެންޓަރު ތައްޔާރުކުރުމުގެ އިތުރުން، އެސަރަހައްދުގެ ކްލައުޑް ހިދުމަތްތައް ރަނގަޅު ކުރުމަށެވެ. 

“މި އިންވެސްޓްމަންޓަކީ، މެލޭޝިއާގެ ސަރުކާރާއެކުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ އިތުރުން، އެގައުމުގެ ‘ކްލައުޑްޑް ފަސްޓް’ ސިޔާސަތު ކުރިއަށް ޖައްސައި ސައިބަރ ސެކުއިރިޓީ ފުރިހަމަކުރުމަށް ގަސްދުކޮށްގެން.” އަލްފަބެޓް އާއި ގޫގްލްގެ ރައީސް، ސީއެފްއޯ އަދި ސީއައިއޯ، ރޫތް ޕޯރަަޓް ބުނެފައިވެއެވެ. 

ޕޯރަޓް އިތުރަށް ބުނީ މިއީ ގޫގްލް އިން މެލޭޝިއާގައި މިހާ ބޮޑު އިންވެސްޓްމަންޓެއް ކުރަން ނިންމި ފުރަތަމަ ފަހަރެވެ.

ގޫގްލްއިން މެލޭޝިއާގައި އޮޕަރޭޓް ކުރާތާ 13 އަހަރު މިވަނީ ވެފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް