މުސްލިމުން އެކުގައި އިޒްރޭލާ ދެކޮޅަށް ނުކުންނަން ޖެހޭ: އުރުދުޣާން

Loading

Facebook
Twitter
WhatsApp

ހުރިހާ މުސްލިމުން އެއްބަސްކިޔައި އެކުގައި އިޒްރޭލާ ދެކޮޅަށް ނުކުންނަން ޖެހޭ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

އުރުދުޣާން ވިދާޅުވީ ޔަހޫދީ އިޒްރޭލަކީ އިންސާނިއްޔަތަށް އޮތް ނުރައްކަލެއް ކަމަށާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ “ވެމްޕަޔަރިޒަމް” ގައި ހުޅަނގުގެ ފުރިހަމަ ބައިވެރިވުން އެބައޮތްކަމަށެވެ .

“އިޒްރޭލަކީ ހަމައެކަނި ޣައްޒާއަށް އޮތް ނުރައްކަލެއްނޫން. މުޅި އިންސާނިއްޔަތަށް އޮތް ނުރައްކަލެއް. ބައިނަލްއަޤްވާމީ ގާނޫނާއި އިޒްރޭލުން ޚިލާފްވާހާ ހިނދަކު އެއްވެސް ގައުމަކަށް ރައްކާތެރިކަމެއް ނެތްކަމަށެވެ.

ނަތަންޔާހޫ ހިންގަނީ ގަތުލުއާންމެއްކަން ފާހަގަަކޮށް އުުރުދުޣާން ވަނީ ނޭޓޯގެ ގައުމަތަކަށް ވެސް ފާޑު ވިދާޅުވެފައެވެ.

“އަނިޔާ ލިބި ރައްޔިތުންގެ ގައިން އޮހޮރޭ ކޮންމެ ލޭތިއްކެއްގެ ޒިންމާ އެމެރިކާއިންވެސް ނަަގަން ޖެހޭ.“

ހަނުހުރުމުގެ ސަބަބުން ޔޫރަޕުގެ ގައުމުތަކާއި އެގައުމުތަކުގެ އިސްވެރިންވެސް އޮތީ ގަތުލުއާންމުގައި ޝާމިލްވެފައެެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް