ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަމަށް ދައްކައިގެން އެއަރޕޯޓުން ކަންކަން ފާސްޓްރެކް ކުރާ މީހުން ގިނަވެއްޖެ: ފްރޮންޓިއަރ ސީއީއޯ

Loading

Facebook
Twitter
WhatsApp

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ލުއިފަސޭހައަށް އެއާލައިނުން ހަމަޖައްސާފައި ހުންނަ ޚިދުމަތްތަކުގެ ނާޖާއިޒް ފައިދާ ނަގާމީހުން އިތުރުވެފައިވާކަމަށް ބަޖެޓް އެއަރލައިނެއް ކަމުގައިވާ ފްރޮންޓިއެރގެ ސީއީއޯ ބެރީ ބިފްލް ވިދާޅުޗެއްޖެއެވެ.

ބިފްލް ބުނެފައިވަނީ މިނާތަހުޒީބު އަމަލުގެ ސަބަބުން މާލީގޮތުންނާއި ވަގުތުގެ ގޮތުން ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

“ޚާއްސަ ހިދުމަތްތަކުގެ ނާޖާއިޒް ފައިދާ ނަގަނީ އިންތިހާއަށް. ވީލްޗެއަރ އެސިސްޓެންސް ބޭނުން ނުވާ މަިހުންވެސް އެހިފުމަތުގެ ބޭނުން ހިފާތަން އެބަފެނޭ.” ނިއުޔޯކުގައި އޮތް މެންދުރުގެ ކެއުމެއްގައި ވާހަކަދައްކަމުން ބިފްލް ބުނިކަމަށް ސީއެންބީސީއިން ރިޕޯޓުކޮަށްފައިވެއެވެ.

ބިފްލް އިތުރަށް ބުނެފައިވަަގޮތުގައި، ފްރޮންޓިއެރގެ ފްލައިޓެއްގެ ކުރިން 20 ފަސިންޖަރުން ވީލްޗެއަރގައި ބޯޑުކުރި މަންޒަރު ފެނުނުކަމަށާއި، އޭގެތެރެއިން ވީލްޗެއަރގައި ޑީބޯޑުކޮށްފައިވަނީ އެންމެ ތިން ފަސިންޖަރުން ކަމަށެވެ.

މިގޮތުން، ވީލްޗެއަރ ހިދުމަތް ބޭނުންކުރާ ކޮންމެ ފަހަރަކު އެއަރލައިނުން 30-35 އެމެރިކާ ޑޮލަރު ހަރަދުކުރާއިރު، ބިފްލް ބުނެފައިވަނީ އެހިދުމަތް ބޭނުންކުރަން ނުޖެހޭ ފަރާތްތަކުން އެ ހިދުމަތް ބޭނުންކުރުމުން، ނުކުޅެދުންތެރިކަމުގެ ސަބަބުން އެހިދުމަތް ކޮންމެހެން ބޭންވާ ފަރާތްތަކަށްވެސް ދަތިވާކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް