ހަތިޔާރު ހިފައިގެން އިންޑިއާއިން އިޒްރޭލަށް ދަތުރުކުރި ބޯޓަކަށް ސްޕެއިންއިން ހުރަސްއަޅައިފި

Loading

Facebook
Twitter
WhatsApp

ގޮވާޒާތުގެ ތަކެއްޗާއިއެކު، 27 ޓަނުގެ ހަނގުރާމަމަތީ ހަތިޔާރު ހިފައިގެން އިންޑިއާއިން އިޒްރޭލަށް ދަތުރުކުރި ޑެންމާކްގެ މުދާ އުފުލާ ބޯޓެއް ސްޕެއިންގައި ބަނދަރުކުރުން އެގައުމުން މަނާކޮށްފިއެވެ.

އެގޮތުން، ސްޕެއިންގެ ބަނދަރެއްގައި ބަނދަރުކުރުމަށް އެބޯޓުން އެދުނު އެދުމަށް ސްޕެއިން އިން ނޫނެކޭ ބުނެފައިވާއިރު، ސްޕެއިންގެ ޚާރިޖީ ވަޒީރު ހޯޒޭ މެންވެލް އަލްބަރެސް ބުއޭނޯ ބުނީ މެދުއިރުމަށްޗަށް ބޭނުންވަނީ އިތުރު ހަތިޔާރުނޫންކަމަށާއި، ސުލްހަވެރިކަމާއި، އަމާންކަމާއި، ހަމަޖެހުން ކަމަށެވެ.

މިމުދާ އުފުލާ ބޯޓަކީ އިންޑިއާގެ ޗެންނާއީ އިން އިޒްރޭލުގެ ހައިފާ ބަނދަރަށް ދަތުރުކުރަމުންދިޔަ ބޯޓެކެވެ.

އަދި އެބޯޓުން އުފުލާފައިވަނީ ގޮވާ ޒާތުގެ ކޮން ހަތިޔާރުތަކެއްކަން ސާފުވެފައިނުވާއިރު، އެހެން ގައުމުތަކުންވެސް މިފަދަ ޝިޕްމެންޓްތަކާމެދު ހަރުކަށިވެ ސުލްހައަށް އިސްކަން ދިނުމަށް މީގެސަބަބުން ހިތްވަރު ލިބޭނެއެވެ.


https://idrw.org/spain-blocks-cargo-ship-carrying-arms-shipment-to-israel-from-india/

Loading

3 Responses

  1. ދިވެހިރާއްޖޭގެ ކަމަކަށްނަމަ އޮންނަންޖެހޭނީ ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަނޑު ބޭރުގައުމުތަކެއްގަނަމަ އެގައުމަކާއި އ.ދ އަށް ރިޢާއަތް ކުރަންޖެހޭ ތިބޯޓުގެ މައްސަލާގައި ދަންނަވަން އޮތީ ބޯޓު ގޮށްވާލުން

  2. އިންޑިއާގެ މުދަތައް ބޮއިކަޓް ކޮށް ދަތިކުރަންފެނޭ ސުހައަށް ހުރަސް އަޅާ މުޅިދުނިޔެ ހަގުރާމާގެ ތެރެއަށް ވައްޓާލަން މަސައްކަތް ކުރާ ގައުމުތަކާމެދު އދ އިން ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެ އެއް ހަރުކަށި ފިޔަވަޅުނޭޅޭތަން މިފަހަކަ އައިސް ފެނޭ ވީމާ ކޮންމެގައުނެއްގައިވެސް ފަރުދުންގެ ފެންވަރުގައި ސުލްހައަށް މަސައްކަތް ކުރަންޖެހޭނެ ސްޕޭނުން އެއް ބުނިީ ސުލްހަދެމެހެއްޓޭނީ ހުރިހާގައުމެއްގައިވެސް ސުލްހައަށް ލޯބިކޮށްގެން

  3. އިންޑިއާގެ މުދަތައް ބޮއިކަޓް ކޮށް ދަތިކުރަންފެނޭ ސުލްހައަށް ހުރަސް އަޅާ މުޅިދުނިޔެ ހަގުރާމާގެ ތެރެއަށް ވައްޓާލަން މަސައްކަތް ކުރާ ގައުމުތަކާމެދު އދ އިން ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެ އެއް ހަރުކަށި ފިޔަވަޅުނޭޅޭތަން މިފަހަކަ އައިސް ފެނޭ ވީމާ ކޮންމެގައުނެއްގައިވެސް ފަރުދުންގެ ފެންވަރުގައި ސުލްހައަށް މަސައްކަތް ކުރަންޖެހޭނެ ސްޕޭނުން އެއް ބުނިީ ސުލްހަދެމެހެއްޓޭނީ ހުރިހާގައުމެއްގައިވެސް ސުލްހައަށް ލޯބިކޮށްގެން

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް