ފިނި ހަނގުރާމައަށްފަހު އެމެރިކާއަށް ލިބުނު ބާރު ނިމުމަކަށް އަންނަ މަންޒަރު އެދަނީ ފެންނަމުން : އިންޑިއާގެ ޚާރިޖީ ވަޒީރު

Loading

Facebook
Twitter
WhatsApp

ފިނި ހަނގުރާމަ ނިމުމަށްފަހު އެމެރިކާއަށް ލިބުނު އާރާއި ބާރު ކެނޑެމުންދާކަމުގެ އަސަރުތައް ފެންނަމުންދާކަމަށް އިންޑިއާގެ ޙާރިޖީ ވަޒީރު އެސް ޖޭޝަންކަރް ބުނެފިއެވެ.

ޖަރުމަނުގެ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި ދެވަނަ ފިނި ހަނގުރާމައެއްގެ މައުޟޫއަށް ޗަހަކަދައްކަމުން ޖޭޝަންކަރް ބުނެފައިވަނީ ދުނިޔޭގެ އާދައަކީ ވަކި ގައުމަކުން ހުރިހާ ގައުނެއްގެ މައްޗަށް ބާރުފޯރުވައި ނުފޫޒު ނެގެހެއްޓުން ނޫންކަމަށާއި، ފިނި ހަނގުރާމައިގެ ކުރިން ދުނިޔެ އޮތް އޭގެ ގުދުރަތީ އޯޑަރަށް ރުޖޫޢަ ވަމުން ދާކަމަށެވެ.

މިގޮތުން، ހުޅަނގުގެ ގައުމުތަކަޑް ބާރު ގެއްލެމުންދާކަމަށާއި، އެއީ އެމީހުން ކަންބޮޑުވާން ޖެހޭކަމެއްކަން ފާހަގަކޮށް ޖޭޝަންކަރް ބުނީ ހުޅަނގުގެ ޔޫރަޕާއި އެމެރިކާ ފަދަ ތަންތަނުން ދުނިޔޭގެ އެހެން ފަރާތްތަކާއެކު ގުޅިގެން އިސްލާހުވުމަށް މަސައްކަތްކުރަން ޖެހޭކަމަށެވެ. އަދި “ސްމާޓް ޑިޕްލޮމަސީ” އަކީ ގައުމުތަކަޑް ބާރުދޭ، މަޖުބޫރުކަމެއް ނެތް އުސޫލުތަކެއްގެ މައްޗަށް އެކުލެވޭ ސިޔާސަތެއްކަމަށާއި، އަދުގެ ގަައުމުތަކަކީ މިނިވަންކަމާއެކު އެބާރުގެ ބޭނުންކުރާ ގައުމުތަކެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

Loading

2 Responses

  1. ވަރަށްރަނގަޅު ވާހަކައެއް އެއްވެސްގައުމަކުން އަނެއްގައުމުގެ ދާޚިލީކަންކަމުގެތެރެއަށް ވަނުމަކަށްއެގައުމުގެރައްޔިތުންގަބޫލެއްނުވާނެ އެވަގުތަކު ސަރުކާރުގެ އިސްމަގާމުތަކުގަ ތިއްބަވާބޭފުޅުންގެ ބާރުގަ ނޫނީއެބޭފުޅުންނަށް ފައިސާގެބޮޑަތިއަދަދުތައްދީގެން ވެވޭއެއްބަސްވުންތައް މިއާއި ޚިލާފުވެދާނެ އެކަން ޖައިޝަންކަރ ގަބޫލުކިރައްވާކަމީވެސް ވަރަށްރަނގަޅުކަމެއް ….

  2. ލިއުއްވުންތަކުގައި މިހުންނަ ނުބައި އަކުރުތަކުގައި ސުކުން ކުރުމާއި ނުބައިކޮށް ލިއެވިފައި ހުންނަ ބަސްތައް ރަނގަޅަށް އެޑިޓް ކޮށްލެއްވުމަށް ދަންނަވާލަމެވެ. މި ކުރުކުރު ލިއުމުގައި ) ވާހަ ދެއްކުމުގެ ބަދަލުގައި ޗަކަދެއްކުން …ހުރިހާ ގައުމެއްގެ ބަދަލުގައި ހުރިހާ ގައުނެއް… ހުޅަނގުގެ ގައުމުތަކަށް ބާރު…ގެ ބަދަލުގައޮ ހުޅަނގުގެ ގައުމުތަކަޑް….. ފާހަގަކުރެވެއެވެ.
    މީގެ އިތުރުން ގައުމުގެ ވެރިންނާ ގުޅޭ ބަސްމަގުގައި ވިދާޅުވުން… ދެންނެވުން … މިގޮތަށް ބޭނުން ކުރެއްވުމަކީ ދިވެހިބަހުގެ ރީތި އާދައެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް