“ދެމެހެއްޓެނިވި ހަމަޖެހުން” ގެނައުމަށްޓަކައި ސިންގަޕޫރުގެ އައު ބޮޑުވަޒީރު ކެބިނެޓަށް ބަދަލު ގެނެސްފި

Loading

Facebook
Twitter
WhatsApp

ސިންގަޕޫރަށް މިނިވަންކަން ލިބުނުތާ މިވީ 60 އަހަރު ދުވަހުގެ ތެރޭގައި އެ ގައުމު ހިންގުމާއި ހަވާލުވުމަށް ތައްޔާރުވަމުން އަންނަ އެގައުމުގެ ހަތަރުވަނަ ބޮޑުވަޒީރު، ލޯރެންސް ވޮންގް، އޭބަަގެ ކއބިނެޓަށް ބަދަލުތަކެއް ގެނެސްފިއެވެ.

މިގޮތުން، ވޮންގް ގެ ކެބިނެޓުގައި ޑެޕިއުޓީ ޕްެރައިމް މިނިސްޓަރުގެ މަގާމުގައި ދެވަޒީރުން ތިބޭއިރު، ޓްރޭޑް މިނިސްޓަރުގެ މަގާމުގައި ހުރި ގަން ކިމް ޔޮންގްއަށް އެ ދެމަގާމުން އެއް މަގާމު ހުށައަޅާފައިވެއެވެ. އެގޮތުން، ސިންގަޕޫރުގެ މަރުކަޒީ ބޭންކް، މަނިޓަރީ އޮތޯރިޓީ އޮފް ސިންގަޕޯރ (އެމްއޭއެސް) ގެ ބޯޑުގެ ޗެއަރގެ މަގާމު އުމުރުން 65 އަހަރުގެ ގަން ފުރުއްވާނެކަން ބޮޑުވަޒީރުގެ އޮފީހުން ހާމަކޮށްފައިވެއެވެ.

އާދަކާދައާއި އެއްގޮތްވާގޮތުގެ މަތިން، ސިންގަޕޫރުގެ މިހާރުގެ ބޮޑުވަޒީރު، އުމުރުން 72 އަހަރުގެ ލީ ހްސިންގް ލޯންގް އަށް ވޮންގްގެ ކެބިނެޓްގެ ސީނިއަރ މިނިސްޓަރުކަން ދިނުމަށް ހަމަޖެހިފައިވާއިރު، ވޮންގް މަގާމުގެ ހުވާކުރުމަށްފަހު މާލީ ޕޯޓްފޯލިއޯ މިހާރުވެސް އޮތްގޮތަށް ދަމަހައްޓާނެކަންވެސް އޭނާގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.

“ ދެމެހެއްޓެނިވިކަމާއި ހަމަޖެހުމަކީ އެންމެ އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަމަކީ. އަދި ހާއްސަކޮށް ވެރިކަމުގެ މިދައުރު ނިމުމަކަށް އަންނައިރު، އެއީ އެންމެ މުހިއްމު ކަންކަމަކީ.” ނޫސްވެރިންނާއި ވާހަކަ ދައްކަމުން ވޮންގް ބުނެފައިވެއެވެ.

ވޮންގްގެ ކެބިނެޓަށް ގެނެވުނު ބަދަލުތަކަކީ ކުދި ބަދަލުތަކެއް ނަމަވެސް ގިނަ ދަށްފަންތީގެ ވަޒީރުން މަތީ ފަންތީގެ މަގާމުތަކަކަށް ޕްރޮމޯޓްކޮށްފައި ވެއެވެ. އަދި މަޖިލީހުގެ ދެ ބެކްބެންޗަރުންނަށް ޖޫނިއަރ މިނިސްޓްރު މަގާމު ދީފައިވެއެވެ.

ވޮންގް މަގާމުގެ ހުވާކުރުމަށްފަހު އޭނާގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނާނެކަން އޭނާވަނީ މީގެކުރިން ހާމަކޮށްފައެވެ. ނަމަވެސް 2019 ވަނަ އަހަރުއްސުރެ ޑެޕިއުޓީ ޕްރައިން މިނިސްޓަރުގެ މަގާމުގައި ހުރި ހެންގް، ދެންވެސް ހުންނާނީ އެމަގާމުގައި ކަމަށް ވޮންގް ގެ އޮފީހުން ބުނެފައިވެއެވެ.
G20 finance ministers, central bankers and senior officials meet in Bali

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް