ސިޔާސީ ޕާޓީ ތަކުގެ މަގުސަދަކީ ގައުމީއެއްބައިވަންތަކަން ނަގާލުމެއް ނޫނެވެ. ކަން މިހެން ހުރިނަމަވެސް މި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ވެރިން ދެކެލައްވަނީ އެހެނެއްނޫނެވެ. ރާއްޖެއަށް ރައީސުލްޖުމްހޫރިއްޔާއަކު ކަނޑައަޅަނީ ރައްޔިތުންނެވެ. އެހެންކަމުން ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އެހެނަސް ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ސިޔާސީ ވާދަވެރިކަން ބޮޑުވެ ރައްޔިތުންގެ ހިތްތަކުގައި ނަފުރަތުގެ ޝުޢޫރު ތައް އަށަގެންނެވުމުގެ ސިލްސިލާ އިދިކޮޅު ޕާޓީތަކުން އެދަނީ އުފައްދަމުންނެވެ.
މުޅި ގައުމުގެ ރައްޔިތުން އުފައްދާފައިވާ ސަރުކާރެއް ވައްޓާލަން އެެއްވެސް ޕާޓީއަކުން ގޮވާލުމަކީ ވެސް އަދި މަސައްކަތް ކުރުމަކީ މުސްލިމް އުންމަތެއްގެ ތެރެއިން ފެނިގެން ވާނެކަންކަމެއް ނޫނެވެ.
ކޮންމެ ވެރިއަކަށްވެސް 5 އަހަރުގެ ޓާމެއް އަމާންކަމާއެކު ނިންމާލުމުގެ ފުރުސަތު ދޭންޖެހޭނެއެވެ. އެ ވެރިއެއްގެ 5 އަަހަރުގެ ތެރޭގައި އެވެރިޔަކު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައި ދެއްވާތޯ އާއި ކަންކުރައްވާ ގޮތެއް ބަލަން ތިބުމުން ގައުމީ މަސްލަޙަތު ފުށުއެރުން އޮންނާނީ ދުރުގައެވެ.
މުޒާހަރާކޮށް ޕާޓީތަކުގެ މެދުގައި އޮންނަންވީ އެކުވެރިކަމާއި އެއްބައިވަންތަކަން ނަގާލުމަކީ ރަނގަޅު ގޮތެއް ނޫނެވެ. މިހާރު އެވަނީ ރައްޔިތުންގެ މަޖީހުގެ އާ ދައުރެއް ވެސަ ފަށާވަގުތު ޖެހިފައެވެ. އެހެންކަމާއެކު މަޖިލީހުގެ މެެންބަރުންގެ ތެރޭގައި ކުރިން ފެނިފައިވާ އެކަށީގެން ނުވާ މަންރުތައް މި ފެށޭ ރައްޔިތުންގެ މަޖިލީހުގައި ނުފެންނާނެކަމަށް ރައްޔިތުން އުންމީދުކުރެއެވެ.
ރައްޔިތުންގެ މަޖިލީހަކީ އަރައިރުންވެ ދުންމާރި ފުމެ އައުގުރާނު ގޮވާ މޭޒުތަކުގެ މައްޗަށް އަރައި ގަޔަތް އަތްލައި މާރާމާރީ ހިންގަން ހުރިތަނެއް ނޫނެވެ. އަދި އެއީ ރައްޔިތުން ރުހޭ ގޮތެއް ވެސް ނޫނެވެ. އެހެން ކަމާއެކު ރައްޔިތުން އެދެނީ ގައުމުގެ މަސްލަޙަތު އިސްކޮށް ރައްޔިތުންގެ ފާރަވެރިން ގައުމަށް ފައިދާ ކުރަނިވި ބިލްތައް އިޚުލާޞްތެރިކަމާއެކު ފާސްކޮށް ރައްޔިތުންގެ އުންމީދުތައް ޙާސިލްކޮށް ދިނުމަށެވެ.
އެެއްވެސް ޕާޓީއަކުން ގައުމާ ރައްޔިތުންނަށް ގެެލުންވެދާނެ ފަދަ ބިލެއް ވިޕުލައިނެއް ނެރެގެން ފާސްކުރަން އުޅުނަސް އެބިލް ފާސްނުކުރާނެކަމަށް ރައްޔިތުން އުންމީދު ކުރެއެވެ. ރައްޔިތުންގެ މަޖިލީހުގައި ހިމެނި ވަޑައިގަނަވާ ބޭފުޅުން ވާންޖެހޭނީ ރައްޔިތުން ރުހޭގޮތައް މަސައްކަތް ކުރައްވާ ބަޔަކަށެވެ.
2004 ވަނައަހަރުން ފެށިގެން ރާއްޖޭގައި ހިގަމުން އަންނަ ސިޔާސި ވާދަވެރިކަން ބޮޑުވެ އެއްޕާޓީއިން އަނެއް ޕާޓީއަށް ޖެއްސުންކުރުމާއި ގޭންގްތައް މެދުވެރިކޮށް މެންބަރުންނަށް ޙަމަލާދިނުން ފަދަ ކަންކަން ވަނީ ހިނގާފައެވެ. އެހެން ކަމުން މިފަހަރު އެއްވެސް ޕާޓީއަކުން އެފަދަ ކަންކަން ތަކުރާރު ނުކުރުމަށާއި އެއީ މުސްލިމް އުންމަތެއްގެ ތެރެއިން ފެނިގެންވާނޭ ކަންކަމެއް ނޫނެވެ. އަދި އެއީ ރައްޔިތުން އެދޭ ގޮތެއް ވެސް ނޫނެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރާއްޖޭގެ އެކިދާއިރާތަކުން ދައުލަތުގެ ކަންކަން ހިނގާ ނުހިނގާގޮތް ބަލައި، އެފަދަ ކަންކަން އިޚުލާސް ތެރިކަމާއެކު ބަލަން ލާފައި ތިބޭ ބައެކެވެ. އެހެނަސް ބައެއް ޕާޓީތަކުންވެސް އަދި ބައެއް މެންބަރުން ވެސް މީގެ ކުރިން އިސްކޮށްފައި ވަނީ އަމިއްލަ ފައިދާއެވެ.
ގޭންގްތަކަށް ފައިސާ ދީގެން މަޖިލިސްގެ މެންބަރުންނަށް ޙަމަލާދީ ގައުމުގައި އޮންނަން ޖެހޭ ހަމަޖެހުމާ އަމާންކަން ގެއްލުވާ ނުލުމަށް ތަކުރާރުކޮށް ޕާޓީތަކަށް އިލްތިމާސް ކުރެއެވެ.
2 Responses
Siyaasee paatee vujoodh ves eygai himenigen iskoh harakaaiy hingan thibee islaamdheenaai beerattehi hulhaguge falsafaa dhiruvaa dhamahattan masakkaiy kuramun gendhiya bayakah aumuge nathee dhiyaee varah hithikoh inshaa Allaah kuriyah oiy thanugai Rangalhu vaane kamah ummeedh kuran ekamaku e eves Hama kurevey ummeedheh
ރައީސަކަސް، އެމްޕީއަކަސް މާތް ﷲ ކަނޑައަޅުއްވާފައިވާ ޙުކުމެއް ބަދަލުކޮށްފި މީހާ ކާފިރު ވެއްޖެ. މަޖިލީހުގައިވިޔަސް، މީހުންގެ އަބުރު ކަތިލާ، ވަގަށް ގޮވާ ހިސާބުން އެބަޔަކު، މަޖިލީހުން ޖަލަށް ބަދަލުކުރަންޖެހޭ.