ސައުދީ “ނިޔޮމް” ޕްރޮޖެކްޓްގެ ކަނޑައެޅި ލަނޑުދަނޑިތައް ހާސިލު ނުވާނެތީ ބަދަލުގެންނަނީ

Loading

Facebook
Twitter
WhatsApp

ތެލަށް ބަރޯސާވާ އިޤްތިޞާދު ބަދަލުކުރުމަށްޓަކައި ސައުދީ އަރަބިއާގެ ވަލީއަހްދު މުޙައްމަދު ބިން ސަލްމާން އިސްވެ ހުންނަވައި ހިންގަވާ ލަގްޒަރީ ޕްރޮޖެކްޓް، “ނިޔޮމް” ގެ 2030 އާއި ހަމައަށް ހާސިލްކުރާނެކަމަށް ބެލި ލަނޑުދަނޑިތައް ހާސިލު ނުވާނެތީ އެއަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ. 

މިގޮތުން، ސައުދީ ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް ނިޔޮމް މެގަ ސިޓީގައި 1.5 މިލިއަން މީހުން އާބާދުކުރެވޭނެއެވެ. އެހެންނަމަވެސް، މިހާރު އެ ޕްރޮޖެކްޓް ހިބްގާ ފަރާތްތަކުން ގަބޫލުކުރަނީ 2030 ވަނަ އަހަރުގެ ނިޔަލަށް އެތަނުގައި އާބާދު ކުރެވޭނީ 300،000 މީހުން ކަމަށެވެ. 

ވީމާ، ތެލުގެ ވެރި މަހުޖަނު ގައުމަށްވެސް އަދުގެ ދުނިޔޭގެ ހާލަތަށް ރިއާޔަތްކޮށް އެމީހުންގެ ގާބިލިއްޔަތާއި ފޯރުންތެރިކަން ހުރި ހިސާބު އަލުން މިންކުރަން ޖެހިފައިވާކަން ވިސްނިއްޖެކަން ފާހަގަކުރެވެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް